Advertisement
ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 22:12
ހުޅުމާލޭގައި ރޯވި އަލިފާން
ހުޅުމާލޭގައި ރޯވި އަލިފާން
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ހުޅުމާލޭ ހުސް ބިމުގައި ރޯވި އަލިފާން ކޮންޓްރޯލްވެއްޖެ : އެމްއެންޑީއެފް
އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 6:10 ގައި

ހުޅުމާލޭ ފެރީ ޓާމިނަލްއާ ސެންޓްރަލް ޕާކްއާ ދެމެދު އޮންނަ ހުސްބިމުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާންގަނޑު 6:10 ގައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިހާރުވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން ދާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މެންދުރު 13:21 ގައި ކަމަށާއި އަލިފާން ރޯވެފައިވަނީ ވިނަތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ހާދިސާ ހިނގުމާއި އެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ވަނީ ހަރަކާތްތެރިވެފައެވެ. 

ހުޅުމާލޭ ހުސްބިމު ގައި އަލިފާން ރޯވެފައިވާއިރު، ވޭތުވެދިޔަ ހަފްތާގެ ބުދަ ދުވަހު އދ. އަރިޔަދޫ ނަމަކަށް ކިޔާ ފަޅުރަށެއްގައި ވަނީ އަލިފާނުގެ ހާދިސާ އެއް ހިނގާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.  އެމްއެންޑީއެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ވަނީ ހިނގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް