Advertisement
ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 15:34
މިނިސްޓަރު ނަހުލާ ވާހަކަދައްކަވަނީ
މިނިސްޓަރު ނަހުލާ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ދަތުރުފަތުރު
ނިޔަމި އެޕްލިކޭޝަން އިފްތިތާހް ކޮށްފި
ޕަބްލިކް ޓްރާސްޕޯޓު ފެރީތަކުގެ ޚިދުމަތްތައް ފެންނާނެ
މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ހިމެނޭ ކަމެއް

ރާއްޖޭގެ ދަތުރުފަތުރުގެ ވިޔުގައި އެކުލެވިފައިވާ ގޮތް ބަލާލެވޭ ''ނިޔަމި'' އެޕްލިކޭޝަން އިފްތިތާހް ކޮށްފިއެވެ.

ހޯމަ ދުވަހު ޓްރާސްޕޯޓް އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއެޕް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ.

މިއެޕްއާ ބެހޭ ގޮތުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެޕް ކާމިޔާބު ކަމާއެކު ތައާރަފްކުރެވުނީ އެތައް އުނދަގޫތަކާއެކު ކުރެވުނު ބުރަ މަސައްކަތުން ކަމަށެވެ. އަދި އެޕްގައި ހިމަނާފައިވާ މައުލޫމާތު ހޯދުމަށް ގިނަ ދަތިތައް ކުރިމަތިވި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެސިސްޓެންޓް ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވީ މިއެޕް މެދުވެރިކޮށް ރާއްޖޭގެ އުތުރުން ދެކުނަށް ދައުލަތުން ދެމުންދާ ފެރީތަކުގެ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ.

''އެގޮތުން މިސާލަކަށް ދާން ބޭނުންވާ ރަށަކާއި، އެމީހަކު ހުރި ރަށެއް ނެގުމަށް ފަހު ކްލިކް ކުރީމަ އެދުވަހު ފެރީ އޮތް ދުވަހެއް ވެއްޖެއްޔާ  އެފެރީގެ ޑީޓެއިލްސްތައް ފެންނަން ހުންނާނެ. ކޮން ގަޑިއަކުން ކޮންގަޑިއަކަށްކަން އެފެރީ ދަތުރުކުރަނީ. ކިހައި ވަގުތެއްތޯ ނަގާނީ އެފެރީން އެހިސާބަށް ދިއުމަށްޓަކައި މިހުރިހާ މައުލޫމާތު ލިބޭނެ'' ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހުއްދަ ދީފައިވާ 3 ކުންފުނީގެ އިތުރުން ޕަބްލިކް ޓްރާސްޕޯޓު ފެރީތަކުގެ ޚިދުމަތްތައް ވެސް ފެންނާނެ ކަމަށެވެ.

''އެއީ އެއްތަނުން އަނެއް ތަނަށް ކަނޑައެޅިފައި އޮތް ވަކި ތާވަލެއްގެ ތެރެއިން އަގެއް ނަގައިގެން ދަތުރުކުރާ ޕްރައިވެޓް ފެރީތައް ވެސް މިއެޕްލިކޭޝަންތައް ވެސް ކުރިއަށް އޮތް ހުރިހާ މަހެއްގެ ތެރޭގައި ހިމެނޭނެ. ވަރަށް ފަސޭހައިން ދަތުރުކުރާ ފަރާތްތަކަށް މައުލޫމާތުތައް ފެންނާނެ'' ނަޒީރު ވިދާޅުވިއެވެ.

މިއެޕް މިވަގުތު ޑައުންލޯޑް ކުރެވޭނީ ގޫގަލް ސްޓޯރުން އެކަންޏެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާ ތެރޭގައި އެޕް ސްޓޯއިން ވެސް ލިބޭނެ ކަމަށެވެ .

މިއެޕް ތައާރަފްކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
16 އޭޕްރިލް 2019 | އަންގާރަ 03:48
ޕެޕޭ
އެޕް ލިން ކު ދީބަލަ !ނުފެނުނު ހޯދަ ހޯދާ