ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 12:19
މި ފިލްމުގައި އުމުރުން ފަސް ދޮޅަސް އަހަރުގެ މީހެއްގެ ރޯލުން ވެސް ސަލްމާން ފެނިގެންދާނެ
މި ފިލްމުގައި އުމުރުން ފަސް ދޮޅަސް އަހަރުގެ މީހެއްގެ ރޯލުން ވެސް ސަލްމާން ފެނިގެންދާނެ
ހިންދުސްތާނީ ޓައިމްސް
ބާރަތު
''ބާރަތު''ގައި ސަލްމާނު ހުންނާނެ ގޮތުގެ ފޮޓޯއެއް ދައްކާލައިފި
''ބާރަތު''ގެ ޓްރެއިލާ ނެރުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު

ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ބާރަތު" ގައި ސަލްމާން ޚާން ހުންނާނެ ގޮތުގެ ފޮޓޯއެއް އޭނާ ޓްވީޓް ކޮށްފިއެވެ.

އަލީ އައްބާސް ޒަފަރުގެ "ބާރަތު" ގައި ސަލްމާން ހުންނާނެ ގޮތުގެ ފޮޓޯއެއް އާއްމުކޮށްފައިވާއިރު އެ ފޯޓޯއިން އޭނާ ފެނިގެންދަނީ ދެބައި އުމުރަށް ވުރެ ދުވަސްވެ ބޮލާއި ތުނބުޅީގެ އިސްތަށި ނުރަވެފައިވާ މީހެއްގެ ގޮތުގައެވެ.

މި ފިލްމުގައި އުމުރުން ފަސް ދޮޅަސް އަހަރުގެ މީހެއްގެ ރޯލުން ވެސް ސަލްމާނު ފެނިގެންދާނެއެވެ. އިންޑިއާއަށް މިނިވަންކަން ލިބުނު ދުވަސްވަރުން ފެށިގެން އޭނާގެ ދިރިއުޅުން ހިނގާފައިވާ ގޮތް ޅަދުވަހުން ފެށިގެން މި ފިލްމުގައި ދައްކައިދޭނެއެވެ.

މި ފިލްމުގް ލީޑު ރޯލުން ފެނިގެންދާ ބަތަލާ ކެޓްރީނާ ކައިފް ވެސް ވަނީ ފިލްމުގެ ޝޫޓިންގައި އުޅެމުން ކެމެރާ ސްކްރީންގެ ފޮޓޯއެއް ޓްވީޓްކޮށްފައެވެ. އާދީއްތަ ދުވަހު އާއްމުކޮށްފައިވާ އެ ފޮޓޯގައި ކެޓްރީނާ ފެންނަނީ ފެހިކުލައިގެ ސާޅިއެއްގައި ދޫކޮށް ބޮލުގެ ހުޅި އައްސާލައިގެން ހުއްޓައެެވެ.

ސަލްމާނާއި ކެޓްރީނާގެ އިތުރުން މި ފިލްމުގައި ސުނިލް ގްރޯވާ، ދިޝާ ޕަޓާނީ، ނޯރާ ފެތޭހީ އަދި ތައްބޫ ފެނިގެންދާނެއެވެ. 

"ބާރަތު"އަކީ 2014 ގައި ނުކުތް ސައުތު ކޮރެއާ ފިލްމް "އޯޑް ޓު މައި ފަރދާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

"ބާރަތު"ގެ ޓްރެއިލާ ނެރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. މި ފިލްމު ރިލީސް ކުރާނީ ފިތުރު އީދާ ދިމާކޮށް ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް