Advertisement
ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 11:35
ކުޑަކުދިންނަށް ބޭއްވި ޚާއްސަ ހަވީރެއްގެ ތެރެއިން
ކުޑަކުދިންނަށް ބޭއްވި ޚާއްސަ ހަވީރެއްގެ ތެރެއިން
ރާއްޖެ އެމްވީ
ހެރިޓޭޖު މިނިސްޓްރީ
ދުނިޔޭގެ ތަރިކައިގެ ދުވަހާއި ކުރެހުމުގެ ދުވަސް ފާހަގަ ކުރުމަށް ހަވީރެއް ބާއްވަނީ
ކުޑަކުދިންގެ ކުޅިވަރާއި، ފަންނުވެރީންގެ ހުނަރު ދައްކާނެ
ދިވެހި ކާނާ ލިބޭ ފުޑް ސްޓޯލްތައް ހުންނާނެ

ދުނިޔޭގެ ތަރިކައިގެ ދުވަހާއި ދުނިޔޭގެ ކުރެހުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނީ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރާއި ތަފާތު އެކި ފަންނުވެރީންގެ ހުނަރު ދެއްކުމުގެ ތަފާތު ހަރަކާތްތައް އޮންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ހެރިޓޭޖް މިނިސްޓްރީން ބުނީ މި ހަވީރުގައި "ފުޑް ސްޓޯލް"ތަކެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި މި ފުޑް ސްޓޯލްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވަލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ކަނޑައަޅާ އުސޫލެއްގެ ދަށުން ހޮވޭ ފަރާތްތަކުން ހިންގާ މި ފުޑް ސްޓޯލްތަކުގައި މައިގަނޑު ގޮތެއްގައި ވިއްކަން ހުންނަންޖެހޭނީ ދިވެހި ކާނާގެ ބާވަތްތައް ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ މިކަމަށް ޝައުގެވެރިވާ ފަރާތަތަކުގެ ޕްރޮފައިލް އަދި ވިއްކާ ތަކެތީގެ މެނޫ އާއި އަގުތައް، މިމަހު 18 ގެ 14:00 ގެ ކުރިން [email protected] އަށް ފޮނުވުމަށް އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް