Advertisement
ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 08:02
ފުވައްމުލަކު ސީޓީގެ އައިސް ޕްލާންޓުން މަސްވެރިންނަށް މިހާރު އައިސް ލިބޭނެ
ފުވައްމުލަކު ސީޓީގެ އައިސް ޕްލާންޓުން މަސްވެރިންނަށް މިހާރު އައިސް ލިބޭނެ
މުހައްމަދު ޝަރުހާން
އައިސް ޕްލާންޓް
ފުވައްމުލަކު އައިސް ޕްލާންޓުން މިހާރު އައިސް ލިބޭނެ!
ފުވައްމުލަކުގެ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 25 ޓަނުގެ އައިސް އުފައްދާ

ފުވައްމުލަކު ސީޓީގެ އައިސް ޕްލާންޓުން މަސްވެރިންނަށް މިހާރު އައިސް ލިބޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބުނެފިއެވެ.

ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 25 ޓަނުގެ އައިސް އުފައްދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯ އިން ބުނީ ފުވައްމުލަކުން އައިސް ވިއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު،  ދާދި ފަހުން އައްޑޫގެ ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

މިފްކޯ އިން ބުނީ ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް އައިސް ލިބޭނެ ގޮތަށް ހަމަޖެއްސުމުން އައްޑޫ މިފްކޯގެ 2 ސަރަހައްދަކުން މަސްވެރިންނަށް އައިސް ލިބިގެންދާނެ ކަމަށެވެ. އެއީ ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިންނެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދާ އިރު ހިތަދޫ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 50 ޓަނުގެ އައިސް އުފައްދައެވެ.

މިފްކޯއަކީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ 2016 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުންފުންޏެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް