Advertisement
ކ. މާލެ
|
14 އޭޕްރިލް 2019 | އާދީއްތަ 07:46
މަގެއް ބަންދު ކުރުމަށް ފުލުހުން ކޯޑަންކޮށްފައި
މަގެއް ބަންދު ކުރުމަށް ފުލުހުން ކޯޑަންކޮށްފައި
ރާއްޖެ އެމްވީ
ރޭޕުގެ މައްސަލަތައް
ރޭޕްގެ މައްސަލާގައި ފިލައިގެން އުޅުނު އެކަކު ހައްޔަރުކޮށްފި
އޭނާ އަތުލައިގަތީ ކޯޓު އަމުރެއްގެ ދަށުން
އެކަކު އަދިވެސް އުޅެނީ ފިލައިގެން
އެ މައްސަލާގައި ހިމެނޭ މީހަކު ކޯޓުން ވަނީ ދޫކޮށްލާފައި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ގެސްޓް ހައުސެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު ހަތަރު މީހުންގެ ތެރެއިން ފިލައިގެން އުޅުނު އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެ ރޭ އޭނާ އަތުލައިގެންފައިވާ ކަމަށެވެ. އޭނާއަކީ 33 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ހަޅޭއްލަވާ އަޑަށް ގެސްޓުހައުސްއަކަށް ފުލުހުން ވަދެ ބެލިއިރު، ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށާއި ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށެވެ. ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ވަނީ އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައެވެ. އަނެއް މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އަންހެނަކު ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތަށް ގެސްޓްހައުސްއިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި އެނެއް މީހާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފައެވެ.

އެ މައްސަލާގައި ހިމެނޭ އެކަކު ދޫކޮށްލުމަށް ދަށު ކޯޓުން ކުރި އަމުރު، ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މީހަކު ރޭޕް ކުރަން އުޅުމާއި ރޭޕް ކުރުމުގައި ބައިވެރިވުމާއި އެކަމަށް އެހީތެރިވުމަކީ ކުށެކެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 25 އަހަރަށް ޖަލަށްލުމެވެ. އެ ކުށުގެ އެންމެ ކުޑަ އަދަބަކީ ހަތް އަހަރަށް ޖަލަށްލުން ކަމަށް ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައި ވެއެވެ.

ފުލުހުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު މިހާތަނަށް ފުލުހުންނަށް ވަނީ 180 އަށް ވުރެ ގިނަ ޖިންސީ ކުށުގެ މައްސަލަތައް ހުށަހަޅާފައެވެ. މިދިއަ އަހަރު ހުށަހެޅި ޖިންސީ ކުށުގެ މައްސަލަތަކުގެ އަދަދަކީ 362 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް