Advertisement
ކ. މާލެ
|
14 އޭޕްރިލް 2019 | އާދީއްތަ 07:30
އެމްޓީސީސީ ހުޅުމާލެ ފެރީއެއް
އެމްޓީސީސީ ހުޅުމާލެ ފެރީއެއް
އެމްޓީސީސީ
އެމްޓީސީސީ
ހއ. އާއި ހދ. އަށް އެމްޓީސީސީގެ ފެރީގެ ޚިދުމަތް ފަށަނީ
މި ތިން ރަށަށް  ކުރާ ފެރީ ދަތުރުތަކުގެ ތާވަލު ވެސް އެމްޓީސީސީން މިހާރު ވަނީ އާންމުކޮށްފައި

ހއ. އާއި ހދ. އަތޮޅުގައި އެމްޓީސީސީގެ ފެރީގެ ޚިދުމަތް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށް މޯލޮޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ އެމްޓީސީސީން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޙިދުމަތް ފުޅާކުުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ދަތުރުތައް ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފެރީގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ދިއްދޫ، ކުޅުދުއްފުށީ އަދި ހަނިމާދޫ އަށް ކަމަށް ޝާހު ވިދާޅުވިއެވެ.

މި ވަގުތު ކުރިއަށް ދަނީ ކައުންސިލްތަކާއި މަޝްވަރާކޮށް ޕީއާރު އަދި މާކެޓިންގެ ކަންތައްތައް ކަމަށް ޝާހު ވިދާޅުވިއެވެ.

މި ތިން ރަށަށް  ކުރާ ފެރީ ދަތުރުތަކުގެ ތާވަލު ވެސް އެމްޓީސީސީން މިހާރު ވަނީ އާންމުކޮށްފައެވެމި ދަތުރުތައް ހަފްތާގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެރީގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:30 އިން 15:30އަށެވެ.
އެމްޓީސީސީން ހުޅުމާލެ އާއި ހުޅުލެ އަދި ވިލިމާލެ އާއި މާލެއާ ދެމެދު ފެރީގެ ޙިދުމަތް ދެމުންގެންދެއެވެ. 
މީގެ އިތުރުން ބައެއް އަތޮޅުތަކަށް ވެސް އެ ކުންފުނިން ދަނީ ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 އޭޕްރިލް 2019 | އަންގާރަ 17:40
މޫސަ
ސާހް ޕޮރޮކިއުމަށްޓު ޑީޕާރޓުމަންޓަށް އަދުހަމް ލައިގެން ހިންގަމުން ތިގެންދާ އެންމެހައި ޖަރީމާތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަށް ނޫނީ ވަރަށްގޯސްވެދާނެ
30 އޭޕްރިލް 2019 | އަންގާރަ 17:33
އިސްމާއިލް
ސާހް ކަލޭ ލަދެއްނުގަނޭތަ ކުރީގެ މަސްރޫއުތަކުން ކޮރަޕްސަން ހިންގިކަމަށް މީޑިޔާތަކަށް އިންޓަވިއުދޭކަށް ކަލޭ ހިހާރު ހިންގަމުން ތިގެންދާ ބޮޑެތި ކޮރޮޕްޓު އަމަލުތަކަށް ދާދިއަވަހަށް ޖަވާބުދާރީވާންޖެހޭ މިހާރު ތިޔަހިންގާ ބޮޑެތި ކޮރޮޕްޓު އަމަލުތަކުގެ ހެކި އެބަހުރި އިމީ ކޮރަޕްސަނާ ދެކޮޅުސަރުކާރެއް ތިކަހަލަ ކޮރަޕްޓު މީހުންނަށް ހައްގު އަދަބު ދެވޭނެ ސާހް ހަދާން އެބަހުރިތަ އަހުރެމެންގެ ޕާޓީ އެމްޑީޕީގެ ސެކެޓުރީ ޖެނެރަލްގެ މަގާމުގައިހުރެފަ ކުއްލިއަކަށްފިލާގެން ދިޔައިރު މެންބަރުންގެ ޑޭޓާތަށް ނުހައްގުން ފޭރިގެންދިޔަކަށް އަދި އޭގެ އެހީގަ ޖޭޕީއަށް ނުގަވައިދުން މީހުންވެއްދިކަން ސާހް ހަދާންނެތަސް ދާދިދެއްމެއަކު ވީކަމެއްހެން އަހަރެމެންގެ ހަޑާނުގަ އެބަހުރި
14 އޭޕްރިލް 2019 | އާދީއްތަ 04:28
ގުއިއްޒު
ޕީއެސްއެމް ލައިވް އިންނަ ގޮތަށް ރާއްޖެޓީވީ ލައިވް އެޕެއް ހަދާފަ ފޯނަށް އެޅޭގޮތަށް ހަދާލަ ދީބަލަ