Advertisement
ކ. މާލެ
|
14 އޭޕްރިލް 2019 | އާދީއްތަ 02:30
މަޖިލިސް ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަފްލާގެ ތެރެއިން: ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ ޖާފަތަށް އިންސާފު ކުރައްވާފައި
މަޖިލިސް ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަފްލާގެ ތެރެއިން: ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ ޖާފަތަށް އިންސާފު ކުރައްވާފައި
އެމްޑީޕީ
އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުން
ބޮޑު ޖާފަތަކާ އެކު އެމްޑީޕީގެ ކާމިޔާބީ ލޮނުޒިޔާރަތްކޮޅުގައި ފާހަގަކޮށްފި
ފުންނާބު އުސް މިއުޒިޝަނުން ބައިވެރިވި
ރައީސް ސޯލިހާއި ނަޝީދާ އެކު ގިނަ އަދަދެއްގެ އާންމުން ބައިވެރިވި

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިއުޒިކް ޝޯއަކާ އެކު ކުލަގަދަ ހަފްލާއެއް މާލޭގައި ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ލޮނުޒިޔާރަތް ކޮޅު އަޑިޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕެއްގެ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި ގިނަ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކާމިޔާބީ ފާހަގަ ކުރި ހަފްލާގައި ރައީސް ސޯލިހާއި ރައީސް ނަޝީދު-- ފޮޓޯ/ އެމްޑީޕީ 

ބޮޑު ޖާފަތަކާ އެކު، ލައިވް މިއުޒިކާ އެކު ކުރިއަށް ގެންދިޔަ ހަފްލާގައި އެމްޑީޕީއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. އެ ހަރަކާތުގައި މިއުޒިކު ކުޅުނު ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ފުންނާބު އުސް މިއުޒިޝަނުންގެ ތެރޭގައި ހިމެނޭ ޝިއުޒް، މާފު، ޒާރާ, އަބްސީގެ އިތުރުން ގިނަ އަދަދެއެއްގެ ޒުވާން މިއުޒީޝަނުން ހިމެނެއެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށް މަޖިލިހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާ އިރު، މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވެސް އެއް ޕާޓީއަކަށް މިހާ ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެމްޑީޕީއާ ދެކޮޅަށް ވާދަކުރި ޖޭޕީ އާއި ޕީޕީއެމްގެ ތެރެއިން ކޮންމެ ޕާޓީއަކަށް ފަސް ގޮނޑި ލިބިފައިވާ އިރު، އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަނީ ފަސް ގޮނޑި ކާމިޔާބުކޮށްފައެވެ. ބާކީ ހުރި ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އެމްޑީއޭއިން ދެ ގޮނޑި އަދި އަމިއްލަ މެމްބަރުން ހަތް ގޮނޑިއެވެ.

ބޮޑު ޖާފަތް ބޭއްވި މައިދާނަށް ރައީސް ސޯލިހާއި ރައީސް ނަޝީދު ވަޑައިގަންނަވަނީ-- ފޮޓޯ/ އެމްޑީޕީ

މި ފަހަރުގެ އިންތިހާބުން ލިބުނު ވޯޓަށް ބަލާއިރު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓުންނަށް އެކަނި ވެސް ވަނީ 96739 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް