ކ. މާލެ
|
13 އޭޕްރިލް 2019 | ހޮނިހިރު 21:56
ބީއެޗްއެމް ޕްރޮމޯޝަންގެ ޕޯސްޓަރ
ބީއެޗްއެމް ޕްރޮމޯޝަންގެ ޕޯސްޓަރ
ބީއެޗްއެމް ޓްރޭޑާާސް
ޔޭޔޭ ކޮފީ ޕްރޮމޯޝަން
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބޭ ނަސީބުވެރިން ހޮވައިފި
ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މާރޗް މަހުގެ ނިޔަލަށް

ޔޭޔޭ ކޮފީގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގެ ގްރޭޑް ޕްރައިޒް ލިބޭ ނަސީބުވެރިން ހޮވައިފި އެވެ.

ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ގެންދިޔަ މިޕްރޮމޯޝަންގައި ގްރޭޑް ޕްރައިޒް ލިބޭ 10 ނަސީބުވެރިއަކު ވަނީ ހޮވާފަ އެވެ. އެގޮތުން ބޮޑު އިނާމުގެ ގޮތުގައި  ބީއެޗްއެމްއިން ހުށަހަޅާފައިވަނީ 10 ފަރާތަކަށް ސައިރެކްސް ކޮލެޖުގެ ސްކޯލާޝިޕެކެވެ.
 


ސްކޯލާޝިޕަށް ހޮވިފައިވާ 10 މީހުންގެ ކޫޕަން ނަންބަރ

YNIUWG8. YBLWOIX. YEKIN66. Y9TBSK1. YFPHFFN. YGNXWEL. YJIPMXI. YVZPPXF. YHLERTH. YR1IN6E
 

ގުރުއަތުން ހޮވުނު 10 މީހަކަށް ސްކޮލާޝިޕާއެކު 1،500 ޑޮލަރު ހަވާލު ކުރާނެ ކަމަށް ވެސް ބީއެޗްއެމް އިން ވަނީ ބުނެފައެވެ.
ބީއެޗްއެމް އިން ވިއްކާ ޔޭޔޭ އިންސްޓަންޓް ކޮފީ، ޑައެޓް ކޮފީ އަދި ސިރިއަލް ބޮޑު ޕެކްތަކުގައިވާ ކޫޕަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭ ގޮތަށް ފަސް މަސް ދުވަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާ އަކު ގުރުއަތުން ހޮވުނު ނަސީބުވެރިއަކަށް ވާވޭ ޕީ20 ޕްރޯ ފޯނެއް އަދި ކޮންމެ ދުވަހަކު ހޮވާލެވޭ ނަސީބުވެރިންނަށް ޔޭޔޭގެ ޕްރޮޑަކްޓްތައް އިނާމުގެ ގޮތުގައި ދީފައި ވެއެވެ.

ބީއެޗްއެމްގެ ފަރާތުން ވަނީ މީގެ ކުރިން ޔޭޔޭ ކޮފީ ޕްރޮމޯޝަނެއް ހިންގާ އެއް މިލިއަން ރުފިޔާގެ އިނާމު ދޫކޮށްފައެވެ.

- ކޮމެންޓް