Advertisement
ކ. މާލެ
|
13 އޭޕްރިލް 2019 | ހޮނިހިރު 19:27
ފެތުން ތަރިން ޕްރޮގުރާމް އިފްތިތާހުކުރުމުގެ ތެރެއިން
ފެތުން ތަރިން ޕްރޮގުރާމް އިފްތިތާހުކުރުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ބީއެމްއެލް
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް ފަށައިފި
ފަތަން ދަސްވަންދެން ޕްރޮގުރާމް ކުރިޔަށްދާނެ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ބޭންކް އޮފް މޯލްޑިވިސްއާއި ސްވިމިންގް އެސޯސިއޭޝަން ގުޅިގެން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ވިލިމާލޭގައި " ފެތުން ތަރިން " ޕްރޮގުރާމް ފެއްޓުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ޕްރޮގުރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ލިބެން ހުންނާނެ ކަމަށާއި ފަތަން ދަސްވަންދެން ޕްރޮގުރާމް ކުރިޔަށްދާނެ ކަމަށެވެ. ރާއްޖޭއަކީ ވަށައިގެން ކަނޑު އޮތް ގައުމެއްކަން ފާހަގަކޮށް ޝަރީފް އިތުރަށް ވިދާޅުވީ ޕްރޮގުރާމްގެ މަގުސަދަކީ ކޮންމެ ފަރުދަކީ ވެސް ފަތަން ދަންނަ މީހަކަށްވުން ކަމަށެވެ. ބީއެމްއެލްއިން ބުނެފައިވަނީ ފަތަން ދަސްކޮށްދިނުމަށް ބައިވެރިވާނީ ސްވިމިން އެސޯސިއޭޝަންގެ ތަޖުރިބާކާރު ބޭފުޅުން ކަމަށާއި ޕްރޮގުރާމް ކުރިޔަށް ގެންދާނެ ލޮކޭޝަނެއް އަދި ހަމަޖެހިފައިނުވާ ކަމަށެވެ.

ޕްރޮގުރާމްގެ ބައިވެރިން 

  

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން މިހާރު ވެސް ދަނީ ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. ބީއެމްއެލްއިން ވަނީ މި ޕްރޮގުރާމްގެ ބައިވެރިންނަށް ފަތަން ދަސްކުރުމަށް ބޭނުންވާ ބައެއްތަކެތި ހަދިޔާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް