Advertisement
ކ. މާލެ
|
13 އޭޕްރިލް 2019 | ހޮނިހިރު 15:57
މާލޭގައި ނަމާދު ކުރަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި
މާލޭގައި ނަމާދު ކުރަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި
ގޫގުލް
އިސްތިސްގާ ނަމާދު
ވާރޭ ނުވެހޭތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްތިސްގާ ނަމާދު ކުރަނީ
ނަމާދު ކުރުމަށް ނިންމާފައިވަނީ ހޯމަ ދުވަހު

ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހޭތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްތިސްގާ ނަމާދު ކުރަން ނިންމައިފިއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ، އިސްތިސްގާ ނަމާދު ކުރަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު މެންދުރު ނަމާދަށް ފަހުގައި ކަމަށެވެ. އެގޮތުން މާލޭގައި އެ ނަމާދު ކުރާނީ މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނު އައުޡަމް ނުވަތަ އިސްލާމީ މަރުކަޒުގައެވެ. އަދި އަތޮޅު ތެރޭގެ ކޮންމެ ރަށެއްގެ އެންމެ ޖާގަ ބޮޑު މިސްކިތުގައި އިސްތިސްގާ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. 

އިސްތިސްގާ ނަމާދަކީ ދުނިޔޭގެ ގައުމުތަކުގައި ފެނަށް ޖެހުމުުން  ކޮށް އުޅޭ ނަމާދެކެވެ. އާއްމުކޮށް އިސްލާމީ ގައުމު ތަކުގައި މި ނަމާދު ކުރެއެވެ.

ރާއްޖޭގެ ގިނަ ސަރަަހައްދުތަކަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވާރޭވެހެން ފަށާނެ އެވެ. އެގޮތުން ހޮނިހިރު ދުވަހު ވެސް ދެކުނުގެ ބައެއް ހިސާބުތަކަށް ވާރޭވެހިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް