Advertisement
ކ. މާލެ
|
13 އޭޕްރިލް 2019 | ހޮނިހިރު 07:55
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ފޭސްބުކް
ރައީސް ނަޝީދު
ރާއްޖޭގެ ރައްޔިތުން ތަސައްރަފު ފުދި ޑިމޮކްރަޓިކް ހަޔާތަކަށް ތެދުވެއްޖެ: ރައީސް ނަޝީދު
އެޖެންޑާ19ގެ ސިޔާސަތުން ރައްޔިތުންގެ ބޭނުންވާ ކަންކަން ފުރިހަމަވާނެ

ރާއްޖޭގެ ރައްޔިތުން މިއަދު ތަސައްވަރު ފުދި ޑިމޮކްރަޓިކް ހަޔާތަކަށް ތެދުވެއްޖެ ކަމަށާއި ދިވެހިންގެ އުއްމީދުތައް ހަޤީގަތަކަށް ހަދައިދޭނެ އުސޫލުތައް ބިނާވާނެ ފަތިހަކަށް ރާއްޖެ އަލިވިލިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އޭޕްރިލް ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ސުޕަރ މެޖޯރިޓީއެއް އެމްޑީޕީއަށް ލިބިފައިވާއިރު ތޮއްޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ހަސަން ޝިޔާން، ރައްޔިތުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް އުއްމީދު ކުރަމުން އަންނަނީ ރާއްޖޭގެ އާންމު ރައްޔިތުންނަށް އެ ޕާޓީން ދައްކާ ވާހަކަ އާއި، ކުރަހާ މަންޒަރާއި، ގެންގުޅޭ ފަލްސަފާ އާއި، އެ ޕާޓީން ދާން ބޭނުންވާ މަންޒިލު ސާފުވުން ކަމަށާއި މިދިޔަ އަހަރުތަކުގެ ތެރޭގައި ފެނިގެން މިދަނީ އެކަން ރައްޔިތުންނަށް ސާފުވެގެންދިޔަ މަންޒަރު ކަމަށެވެ. 

އެހެންކަމުން މިކަންކަން ރައްޔިތުންނަށް ސާފުވުމުން އެމްޑީޕީއަށް ތަނަވަސް އަޣުލަބިއްޔަތެއް ދީފައިވާ ކަމަށާއި މި އަޣުލަބިއްޔަތު ބޭނުން ކުރަން ޖެހޭނީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއި އެކުގައި ކަމަށާއި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން ލާޒިމްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

"ރައްޔިތުންނަށް ވީ ވައުދުތައް ފިޔަވައި އެ ނޫން ކަމެއް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ނުކުރާނަން. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ ތިބޭފުޅުން ގާތުގައި އަޅުގަނޑުމެން ކޮށްދޭނެ ކަމަށް ވީ ވައުދުތައް ކުރުމަށް ހިންގާ މަސައްކަތް،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައިވިޔަސް މިހާރު ފެންނަނީ އެމްޑީޕީގެ މަޖިލިސްގެ މެމްބަރެއް ކަމަށާއި މުޅި ރާއްޖޭގެ އަޣުލަބިއްޔު މާ ސާފުކޮށް ނަގާފައި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. 

އެހެންކަމުން ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ވެސް އެޖެންޑާ 19ގެ ސިޔާސަތުގެ ދަށުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 އޭޕްރިލް 2019 | ހޮނިހިރު 06:43
ނޭގޭ
އަހަންނަށް ފެނިގެންދިޔައީ ރާއްޖޭގައި ރިޝްވަތުގެ ވަކި ހިފާފައިވާމިންވަރު
13 އޭޕްރިލް 2019 | ހޮނިހިރު 05:41
ނ
ކަމެއް ނުކޮށް ދެވިއްޖެނަމަ އިސްތިއުފާދޭން ޖެހޭނެ .ގަބޫލެއް ނުކުރެވޭތަޅުވާވައި އަނގަތަކެއް ބޮޑަށް ވައްތަރީވައިއަނގައާ.ދެން އެގިދާނެތާ ކިހާވަރަކުން ދާނެބާކުޅިބަލަން މިތިބީ.ހުރިހާބާރުތަކެއްލިބިގެން ބަޔަކު ހިތްފުރޭނެ ނަމަހިތްފުރޭވަރަށް ބާރު ތަކެއް ލިބިއްޖެ ތިގެއްލިގެން އުޅެއެއްޗެއް ނިކަން ހޯދަބަލަ .އަބަދުވެސް ގެއްލިގެން އުޅޭބައެއްނުން ތީ. ދުވަހަކު ލިބޭކަމަކަށް ގަބޫލު ނުކުރެވޭ.