Advertisement
ކ. މާލެ
|
12 އޭޕްރިލް 2019 | ހުކުރު 21:36
ޝާހިދު ޖަރުމަނަށް ބައްދަލުކުރެއްވި ބައެއް ފަރާތްތަށް
ޝާހިދު ޖަރުމަނަށް ބައްދަލުކުރެއްވި ބައެއް ފަރާތްތަށް
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ ޝާހިދު
ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންފި
ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ހޯދޭނެ ގޮތްތަކާއި ބޭހެ ގޮތުން ވަނީ މަޝްވަރާތަކެއް ކޮށްފައި

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖަރުމަނަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.

ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި ޝާހިދު ވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު ހެއިކޯ މާސްއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރާއްޖެއާ ޖަރުމަނާއި ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ދިވެހިންނަށް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ހޯދޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ދާއިމީ އޮފީހެއް އެޅުން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

 

މީގެ އިތުރުން ނިމިދިޔަ އާއްމު އިންތިހާބުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީއަށް ވެސް މާސް ވަނީ މަރުހަބާ ކިޔުއްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕުގެ އިއްތިހާދުން، ހާއްސަކޮށް ޖަރުމަނުން ދިވެހި ރައްޔިތުންނަށް ދެއްވާފައި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. ވެރިކަން ބަދަލުވުމުގައި މި ކަންކަން ބޮޑު ރޯލެއް އަދާކޮށްފައިވާ ކަމަށް ވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ޖަރުމަނުގައި ކުރިޔަށް ދިޔަ "ޖިއޯޕޮލިޓިކްސް އިން ދި އޭޖް އޮފް ރިނިއުބަލް އެނަރޖީ" ކޮންފަރެންސް ގައި މިނިސްޓަރު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ކޮންފަރެންސްގެ ހަވާސާގައި އޭނާ ވަނީ އޮމާންގެ ފޮރިން މިނިސްޓަރު ޔޫސުފް ބިން އަލަވީ ބިން އަބްދުﷲ އާއި އަޔަލޭންޑްގެ ކުރީގެ ބޮޑު ވަޒީރު ރިޓާގެ އިތުރުން އެހެނިހެން ގައުމުތަކުގެ އިސްފަރާތްތަކާ ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް