Advertisement
ކ. މާލެ
|
12 އޭޕްރިލް 2019 | ހުކުރު 22:15
ފެއާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން
ފެއާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން
ޓްވިޓަރ
އިންމޭޓްސް ފެއާ 2019
މަސައްކަތްތެރި ގައިދީންނަށް ދޭ އުޖޫރަ ބޮޑުކުރާނަން: ހޯމް މިނިސްޓަރ
ޖަލު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވި
ގައިދީންނަކީ ބޭނުންތެރި ބަޔަކަށް ހެދާނެ ކަމަށް ވިދާޅުވި

ޖަލުގައި ތިބޭ މަސައްކަތްތެރި ގައިދީންނަށް މިހާރު ދޭ އުޖޫރަ ވަރަށް ކުޑަ ކަމަށާއި، އެ އުޖޫރަ ބޮޑު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ފަރާތުން ކޮންމެ އަހަރު އެއް ފަހަރު ބާއްވަމުން އަންނަ ގައިދީންގެ ހުނަރު ދައްކާލުމުގެ ފެއަރ "އިންމޭޓްސް ކްރިއޭޓިވިޓީ ފެއާ" ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ޖަލުގައި މަސައްކަތް ކުރާ ގައިދީންނަށް މިހާރު ދެމުން އަންނަނީ ވަރަށް ކުޑަ އުޖޫރައެއް ކަމަށާއި، އެކަމަށް ބަދަލުގެންނަވާ އުޖޫރަ ބޮޑު ކުރައްވާނެ ކަމަށެވެ. ނަމަވެސް މަސައްކަތްތެރި ގައިދީންނަށް ދޭނީ ކިހާވަރެއްގެ އުޖޫރައެއް ކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

"މަސައްކަތްތެރި ގައިދީންނަށް ދެވޭ އުޖޫރަ ވަރަށް ކުޑަ.އެކަމަށް ބަދަލުގެނެސް އުޖޫރަ އިތުރަށް ލިބިގެންދާނެ ގޮތެއް ހަދާނަން" މިނިސްޓަރ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަކީ މުޖްތަމައަށް ނެރޭއިރު، ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ގައިދީން މުޖްތަމައަށް އަނބުރާ ނެރޭއިރު، ރިވެތި ސިފަ އާއި ހުނަރު އެ މީހުންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، ހުކުރުދުވަހު ބޭއްވުނު ފެއަރއަކީ އޭގެ ރަމްޒެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ މިފަދަ ޕްރޮގްރާމްތައް އިތުރުކުރުން ކަމަށެވެ.  ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން މިނިސްޓަރ ފާހަނގަކުރެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އިންތިޒާމްކޮށްގެން ބޭއްވި އިންމޭޓްސް ކްރިއޭޓިވިޓީ ފެއާ މާފުށީ ސްކޫލް ހޯލްގައި ވަނީ ހުކުރުދުވަހު ފަށާފައެވެ. މިއީ ސިލްސިލާކޮށް މި ފެއާ ބާއްވާ 8 ވަނަ ފަހަރެއެވެ. މި ފެއާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުންނެއެވެ. މި ފެއާގައި 43 ގައިދީއެއްގެ 1050 އުފެއްދުންތައް ދައްކާލުމަށް ވަނީ ބަހައްޓާފައެވެ. މި ފެއާ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2009 ވަނަ އަހަރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް