Advertisement
ކ. މާލެ
|
12 އޭޕްރިލް 2019 | ހުކުރު 15:18
މަޑަވެއްޔާ ހޯޑެއްދޫގެ ކޯޒްވޭ
މަޑަވެއްޔާ ހޯޑެއްދޫގެ ކޯޒްވޭ
ޓްވިޓަރ
ފެނަކަ ކޯޕަރޭޝަން
މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް އެއްވިއުގައިން ގުޅާލަނީ
ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ގާއިމްކުރާނެ

ގދ. މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ފެނަކަ ކޯޕްރޭޝަނުން މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް, އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ފެނަކައިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގައި އެ ކުންފުނީގެ ހެޑް އޮފީހުގައި އޮންނާނެ ކަމަށެވެ. އަދި ބިޑާއި ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތުތައް ސާފުކުރުން އޮންނާނީ ޕްރީބިޑް މީޓިންއަށްފަހު މި މަހުގެ 23ގެ ނިޔަލަށް ކަމަށް ފެނަކައިން ބުންޏެވެ.

މީގެ އިތުރުން އެކޯޕަރޭޝަނުން ބުނީ މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ހުށަހަޅަންޖެހޭ ކަމަށެވެ. އަދި މި ބިޑްގައި ބައިވެރިވެވޭނީ ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތަކަށާއި ޕްރީބިޑް މީޓިންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ފެނަކާއިން ވަނީ ބުނެފައެވެ.

ފެނަކާއިން ބުނީ ބިޑް ހުށަހެޅުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވާ އަންގާރަ ދުވަހުގެ 11:00ގައި އެ ކުންފުނީގެ ހެޑް އޮފީހުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށެވެ. އަދި މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ޕްރީބިޑް މީޓިންއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ބިޑް ސެކިޔުރިޓީ އޮރިޖިނަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބް އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވެސް ފެނަކައިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް