Advertisement
ކ. މާލެ
|
12 އޭޕްރިލް 2019 | ހުކުރު 10:57
އެންމެ ގިނަ ވޯޓް ހޯއްދެވި 5 ބޭފުޅުން
އެންމެ ގިނަ ވޯޓް ހޯއްދެވި 5 ބޭފުޅުން
ރާއްޖެއެމްވީ
މަޖިލިސް އިންތިހާބު 2019
އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
ފަސް ކެނޑިޑޭޓުންވެސް ނިސްބަތް ވަނީ އެމްޑީޕީއަށް

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަަށް ނިސްބަތްވާ ފަސް ބޭފުޅުންނެވެ.

އެންމެ ގިނަ ވޯޓު ހޯއްދެވީ ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ނާޒިލެވެ. ހިތަދޫ ދެކުނު ދާއިރާއަށް ވޯޓްލުމުގެ ހަައްގު ލިބިފައިވާ 4،154 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 2798 މީހުންނެވެ. އޭގެ ތެރެއިން 1931 ވޯޓް ނާޒިލް ވަނީ ހޯއްދަވައިފަ އެވެ. އެއީ 70.29 ޕަސެންޓް ވޯޓެވެ. ނާޒިލްއާ އެންމެ ގާތުން ވާދަކުރެއްވި ޑރ. އަހުމަދު އަދީލަށް ލިބިވަޑައިގަތީ 646 ވޯޓެވެ. 

ނާޒިލް އަށް މި ފަހަރުގެ އިންތިޚާބުގައި އެހެން ކާމިޔާބެއް ވެސް ލިބިވަޑައިގެންފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުން ނާޒިލްއަށް އަލަށް ފުރުސަތު ލިބިވަޑައިގެންނެވިއިރު، އޭނާގެ އަނބިކަނބަލުން މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން ވެސް ވަނީ އޭނާ ވާދަކުރެއްވި ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. 

މި އިންތިޚާބުގައި ދެ ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ހޯރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަހުމަދު ސަލީމެވެ. އޭނާއަށް މި އިންތިޚާބުގައި 1829 ވޯޓް ލިބިވަޑައިގަތެވެ. އެ ދާއިރާގެ ތިން ރަށުގައި ވޯޓް ލިބުމުގެ ހައްގު ލިބިގެންވާ 3،423 މީހުން ތިބި އިރު ވޯޓް ލާފައިވަނީ، 3112 މީހުންނެވެ. ސަލީމް މިފަހަރުގެ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވިއިރު، ވާދަވެރި ކެންޑިޑޭޓް މުހަައްމަދު އިސްމާއިލްއަށް ލިބިވަޑައިގަތީ 1232 ވޯޓެވެ. 

ތިންވަނަ އަދި އެންމެ ގިނަ ވޯޓު ހޯއްދެވީ ފޭދޫ ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ނިހާދެވެ. އެ ދާއިރާއަށް ވޯޓްލި 3306 މީހުންގެ ތެރެއިން ނިހާދު އަށް 1781 ވޯޓް ލިބިވަޑައިގަތެވެ. ފޭދޫ ދާއިރާއަށް ވޯޓް ލުމުގެ ހައްގު ލިބިގެންވަނީ 4032 މީހުންނަށެވެ. ނިހާދާއިއެކު ވާދަކުރެއްވި، މިހާރުވެސް އެދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ މެންބަރު އިބުރާހިމް ދީދީ (އައިބީ)އަށް ލިބިލެއްވީ 1460 ވޯޓެވެ. 

ދާއިރާ ނަން ވޯޓްގެ އަދަދު

ހިތަދޫ ދެކުނު ދާއިރާ

އިބްރާހިމް ނާޒިލް

1931

ހޯރަފުށީ ދާއިރާ އަހުމަދު ސަލީމް 1829
ފޭދޫ ދާއިރާ މުހައްމަދު ނިހާދު 1781
ހިންނަވަރު ދާއިރާ ޖީހާން މަހުމޫދު 1779
ފުވައްމުލަކު އުތުރު ދާއިރާ މުހައްމަދު ރަޝީދު 1775
 

އިންތިޚާބުގައި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ހިންނަވަރު ދާއިރާއަށް ކުރިމަތި ލެއްވި ޖީހާން މަހުމޫދެވެ. އޭނާއަށް 1779 ވޯޓް ލިބިވަޑައިގަތެވެ. އަދި ފަސް ވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު (ދޮންބެ) އެވެ. އޭނާ 1775 ވޯޓު ހޯއްދެވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، މިއީ އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. 

މި ފަހަރުގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ޖުމުލަ މީހުންގެ އަދަދަކީ 264442 މީހުނަށެވެ. އޭގެ ތެރެއިން ވޯޓު ލާފައިވަނީ 201279 މީހުންނެވެ. އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 އޭޕްރިލް 2019 | ހުކުރު 06:57
ihaaru.
މެންބަރުން ހޮވުމުގަ ހުރި ބަލިކަށިކަން އެނގޭނީ އެންމެ މަދު ވޯޓުން ހޮވުނުމީހުން ބެލީމަ؟