Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 23:50
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
ރާއްޖެ އެމްވީ
ފޮނަދޫ ދާއިރާ
ފޮނަދޫ ދާއިރާގެ ފޮށި އަލުން ގުނުމުން އަބްދުއްރަހީމަށް ވޯޓެއް އިތުރެއް ނުވި
އަބްދުއްރަހީމްގެ މައްޗަށް ސިރާޖު ކުރި ހޯއްދެވީ 44 ވޯޓުން
ބާތިލު ވޯޓު އެންމެ ގިނަ ފޮށި ގުނުމުން، ބަދަލެއް ނާދޭ
އަދުރޭއަށް ނާކާމިޔާބުވީ މަޖިލީހުގައި 10 އަހަރު ހޭދަކުރެއްވުމަށްފަހު

ވޯޓުގެ ފަރަގު ކުޑަ ކަމަށް ބުނެ، ފޮނަދޫ ދާއިރާގެ ވޯޓު ފޮށްޓެއް އަލުން ގުނުމުން، އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއަށް އިތުރު ވޯޓެއް ނުލިބުނެއެވެ.

ފޮނަދޫ ދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުމުން، އެ ކޮމިޝަނުން ވަނީ އެ ދާއިރާގެ ބާތިލު ވޯޓު އެންމެ ގިނަ ފޮށި ގުނާފައެވެ. ބުދަ ދުވަހުގެ ރޭ ބާ ޖަމާލުއްދީގައި އެ ވޯޓު އަލުން ގުނުމުން، ނަތީޖާއަށް ބަދަލެއް ނާދައެވެ.

މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުންގެ ހާޒިރުގައި އަލުން ގުނާފައި ވަނީ ފޮނަދޫގައި ބެހެއްޓި ފޮށިތަކުގެ ތެރެއިން ބާތިލު ވޯޓު އެންމެ ގިނަ ފޮށްޓެވެ. ފޮނަދޫ ދެ ނަމްބަރު ވޯޓު ފޮށި ގުނުމުން ބާތިލު ވޮޓުގެ އަދަދަށް ބަދަލެއް ނާދެއެވެ. ވަގުތީ ނަތީޖާއިން ދައްކަނީ އެ ދާއިރާގެ ބާތިލު ވޯޓުގެ ޖުމްލަ އަދަދަކީ 48 ކަމަށެވެ. ކެނޑި ފޮށީގައި ހުރި ބާތިލް ވޯޓުގެ އަދަދަކީ 13 އެވެ. އިތުރު ފޮށިތަކުގައި ހުރި ބާތިލް ހުރިހާ ވޯޓެއް ހިމަނައިގެންވެސް ނަތީޖާއަކަށް ބަދަލެއް ނާންނާނެއެވެ. 

އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ ގާނޫނީ ވަކީލު މޫސާ ސިރާޖެވެ. އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވައި އަބްދުއްރަހީމްގެ މައްޗަށް ސިރާޖު ކުރި ހޯއްދެވީ 44 ވޯޓުގެ ތަފާތުންނެވެ. ހަ ކެންޑިޑޭޓުން ވާދަ ކުރެއްވި އިންތިހާބުގައި ސިރާޖަށް ލިބިވަޑައިގެންނެވި 1007 ވޯޓެވެ. މަޖިލީހުގައި 10 އަހަރު ހޭދަ ކުރެއްވި އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 963 ވޯޓެވެ.

ފޮނަދޫ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 2535 މީހުންނަށެވެ. އެ ދާއިރާގައި ވޯޓުލީ 2489 މީހުންނެވެ. ފޮނަދޫ ދާއިރާގައި ހިމެނެނީ ލ. ފޮނަދޫ އާއި ލ. މާމެންދޫއެވެ. އެ ދާއިރާގެ އާބާދީއަކީ 4113 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
11 އޭޕްރިލް 2019 | ބުރާސްފަތި 05:23
ކާފަ ދ
އެސިޓީއުރަޔަކު ނޫޅޭ ޕާރޓީއޮފީހުގަ އުޅޭ ހައްވަކަހަލަ ކާފަރު ވޯޓެއް އިރުކޮޅަކުން ވިހާކަށް
11 އޭޕްރިލް 2019 | ބުރާސްފަތި 02:48
މުހުންމަދު
ތިވަރުގެ މީހުން ޔާމީނު އަށް ނުބައި ނަސޭހަތްލައި ދީގެން ވަލަށް ވައްދާލީ. އެވަރުގެ ކުޑަ އާބާދީ އަކުން އަދި ވަކިންޚާޢސަކޮށް ތިމާގެ އަމިއްލަ ވަޒަނުން އެއްހާހަކަށް ވޯޓްގަނޑުނުލިބޭ ފެންވަރުގެ މީހަކު ރާކަނިމަސް ކެވިގެން ގިތިލެއް ތެޅޭހެން ތެޅި އަރުވަނީ.