Advertisement
ކ. މާލެ
|
11 އޭޕްރިލް 2019 | ބުރާސްފަތި 15:44
ރަސްދޫ ކައުންސިލްގެ މެމްބަރުން ރައީސް އޮފީހުގައި ރައީސް ސޯލިހާ ބައްދަލުކުރެއްވުމުގެ ތެރެއިން
ރަސްދޫ ކައުންސިލްގެ މެމްބަރުން ރައީސް އޮފީހުގައި ރައީސް ސޯލިހާ ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ކައުންސިލްތަކާއި ބައްދަލުކުރެއްވުން
ރަސްދޫ ރައްޔިތުން ބޭނުންވެފައި ހުރި ކަންކަމާ މެދު މަޝްވަރާކުރުމަށް ކައުންސިލުން ރައީސްއާއި ބައްދަލު ކުރައްވައިފި
ބޭރު ތޮށިލުމުގެ މަސައްކަތް އެއް މަރުހަލާއަކަށް ނިންމަވައިދެއްވުމަށް އެދުނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އއ.ރަސްދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާ، ރަސްދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ކައުންސިލް މެމްބަރުން ވަނީ ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ރަސްދޫ ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ބޭރު ތޮށިލުމުގެ މަޝްރޫއުގެ މަސައްކަތް ތިން މަރުޙަލާއަކަށް މިހާރު ބަހާލާފައިވާތީ އެ މަޝްރޫއުގެ މަސައްކަތް އެއް މަރުހަލާއަކުން ނިމޭނެގޮތެއް ހައްދަވައި ދެއްވުމަށް އެދިފައެވެ. 

މީގެ އިތުރުން ރަސްދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ރަސްދޫގެ ބިމުގެ ދަތިކަމާއި، ބަނދަރުގެ ދަތިކަން އަދި ހޮސްޕިޓަލު ތަރައްގީ ކުރުމުގެ އިތުރުން ފެރީ ގިމަތައެއް ތަރައްގީކުރުމާއި ބެހޭގޮތުން ކައުންސިލް މެމްބަރުން ވަނީ ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަސްދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި އަހަރުގެ ބަޖެޓުގައި ރަސްދޫގައި ކުރަން ބަޖެޓުކުރެވިފައިވާ ކަންކަމުގެ ތެރޭގައި އެމްއެންޔޫގެ ޖޫނިއަރ ކޮލެޖެއް އެޅުމާއި، އެރަށުގެ ބޭރު ތޮށި ލުމުގެ މަޝްރޫއާއި އަދި އާރްއޯ ޕްލާންޓަކާއި ސްޓޯރޭޖް ޓޭންކެއް ބެހެއްޓުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް