Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 21:03
ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު
ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު
ފޭސްބުކް
ޝިމާ ގެއްލުން
ޝިމާގެ ކޮއްކޮ ގޮވައިގެން ދަނިކޮށް ހިފެހެއްޓި ތިން މީހުން ދޫކޮށްލައިފި
ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ފުލުހުން ހިފެހެއްޓީ މާރޗު މަހުގެ 11 ވަނަ ދުވަހު
ފަޒީލާއި ޝިމާ ދަތުކުރު ކުރި ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ ފެބުރުއަރީ 22 ވަނަ ދުވަހު

ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހިފެހެއްޓި ތިން މީހުން  ދޫކޮށްލައިފި އެވެ.

ރާއްޖެއެމްވީއަށް ކަށަވަރު ވެފައިވާ ގޮތުގައި ޝިމާގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހިފެހެއްޓި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގަމު ކޯޓަށް ގެންދިޔުމުން ޝަރުތުތަކަކާ އެކު އެ ތިން މީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ. މި ތިން މީހުންގެ ތެރޭގައި ޝިމާ ގެއްލުނު ދުވަހު އޭނާއާ އެކު ދަތުރު ކުރި ލ. ގަމު އިބްރާހިމް ފަޒީލު ވެސް ހިމެނެއެވެ.

ސިކްސް ސެންސަސް ރިސޯޓު ކައިރިން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް އެ ތިން މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާރޗު މަހުގެ 11 ވަނަ ދުވަހުގައެވެ. އޭގެ ފަހުން ކޯޓުން ވަނީ ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ފަޒީލާއި ޝިމާ ދަތުކުރު ކުރި ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުން ދަނިކޮންނެވެ. މިއަދާ ހަމައަށް އައިރު ވެސް ޝިމާ ފެނިފައި ނުވާއިރު އޭނާ ދަތުރުކުރި ޑިންގީ ވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް އޭނާއާ އެކު ދަތުރު ކުރި ފަޒީލް ސަލާމަތްވީ ފަތާފައި، އެ ސަރަހައްދުގައި އޮންނަ ސިކްސް ސެންސް ރިސޯޓަށް އަރައިގެން ކަމަށް އޭނާ ބުނެފައި ވެއެވެ.

ޝިމާ ހޯދަމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު ފެބުރުއަރީމަހުގެ 26 ވަނަ ދުވަހު އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ސިކްސް ސެންސަސް ރިސޯޓް ކައިރީ ކަނޑުގެ ސަރަހައްދުގެ ފަސް މޭލު، ހެލިކެޕްޓަރު ބޭނުން ކޮށްގެން ބަލާފައި ވާއިރު އެމްއެންޑީއެފުން ބުނެފައި ވަނީ  ސެންޓަރަލް އޭރިޔާގެ ސިފައިންނާއި، އެމްއެންޑީއެފް ސީޖީ ޑްރައިވަރުންގެ އިތުރުން އެމްއެންޑީއެފް ސީޖީ ޝަހީދު އަލީ ޝިޕް ހުއްޓުމެއް ނެތި ސިމާ ހޯދުމުގެ މަސައްކަތް ކުރަމުން ދާނެ  ކަމަށެވެ.

މީގެ އިތުރުން ވެސް ހުސްވި މާރޗުމަހުގެ 16 ވަނަ ދުވަހު ކޯސްޓްގާޑުގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޖަރ އަޙުމަދު މުޖުތަބާ ވިދާޅުވެފައި ވަނީ ޝިމާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަކީ، އެމްއެންޑީއެފް ކޯސްޓްގާޑްގެ ތާރީޚުގައި ވެސް ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ. އަދި އެ އޮޕަރޭޝަން ތްރީ ޑައިމެންޝަން އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށްގެންދާ ކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް