Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 16:57
ޔާމީނަށް އިންޒާރުދިން ޒާހިދު: ޕީޕީއެމް ވެރިކަމުގައި އެ މައްސަލަ ފުލުހަށް ހުށަހެޅުން ކަން ކުރި ގޮތެއް ނޭނގޭ
ޔާމީނަށް އިންޒާރުދިން ޒާހިދު: ޕީޕީއެމް ވެރިކަމުގައި އެ މައްސަލަ ފުލުހަށް ހުށަހެޅުން ކަން ކުރި ގޮތެއް ނޭނގޭ
ރާއްޖެ އެމްވީ
ރިޔާސީ ކޮމިޝަން
މަރުތައް ބަލާ ކޮމިޝަނަށް ޒާހިދު ހާޒިރުކޮށްފި
އޭނާ ވަނީ ބްލޮގަރ ޔާމީނަށް މަރުގެ އިންޒާރު ދީފައި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނަށް ޕީޕީއެމް ކައުންސިލްގެ ކުރީގެ މެމްބަރު ޒާހިދު ރަމީޒު ހާޒިރުކޮށް ބަޔާނެއް ނަގައިފިއެވެ.

މަރުތައް ބަލާ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޒާހިދު އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނެގީ އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދަށް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ދީފައިވާ އިންޒާރުތަކާ ގުޅިގެން ކަމަށެވެ. 

އެ ކޮމިޝަނުން ބުނީ އޭނާއާ ކޮމިޝަނުން ސުވާލު ކުރީ ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ކަމަށާއި މަރުގެ އިންޒާރު ދިނުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށެވެ. އަދި އެފަދަ އިންޒާރު ދޭ މީހުންގެ މައްޗަށް ގާނޫނު ހިނގާނެ ކަމަށާއި އެއްވެސް ހާލަތެއްގައި ސޯޝަލް މީޑިއާގައި އެފަދަ އިންޒާރުތައް ނުދިނުމަށް އިލްތިމާސް ކުރާ ކަމަށް އެ ކޮމިޝަނުން ކުރި ޓްވީޓުގައި ބުނެފައި ވެއެވެ.

 

ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މަރުތައް ބަލައި އިންސާފު ހޯދައި ދިނުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބަލަނީ 25 މަރެއްގެ މައްސަލައެވެ. އެ ކޮމިޝަނުން ތަހުގީގު ކުރަނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މަރުގެ މައްސަލަތަކެވެ.

ޔާމީނަށް ޒާހިރު އިންޒާރު ދިން މައްސަލަ ނިމިދިޔަ ސަރުކާރުގައި ފުލުހުންނަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު އޮތް ހިސާބެއް ފުލުހުން ނުބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް