Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 17:04
އީސީގެ މެމްބަރު އަހްމަދު އަކްރަމް
އީސީގެ މެމްބަރު އަހްމަދު އަކްރަމް
މުހައްމަދު ޝަރުހާން
އިލެކްޝަން ކޮމިޝަން
އިންތިޚާބަށް ފައިސާ ހަރަދުކުރެވޭނެ ގޮތް ކަނޑައަޅާ ގާނޫނެއް ހަދަނީ!
ކެމްޕެއިން ފައިނޭންސް ގާނޫނު ހެދުމުގައި އައިއެފްއީއެފް، ޔޫއެންޑީޕީ، ޓްރާންސްޕޭރެންސީ، އަދި އޭސީސީގެ އެހީތެރިކަން ހޯދަނީ
އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް މިފަދަ ގާނޫނެއް އައުމުގެ ސަބަބުން ރައްކާތެރިކަން ލިބިގެންދާނެ

އިންތިޚާބުތަކުގައި ފައިސާ ހަރަދުކުރެވޭނެ ގޮތްތައް ކަނޑައަޅަން" ކެމްޕޭން ފައިނޭންސް އެކްޓް" ގާނޫނެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ފައިނޭންސް އެކްޓެއް އެކުލަވާލުމުގެ މަސައްކަތް ފެށޭވަރު ވާނީ އަންނަ މަހު ކަމަށާއި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިންމާލެވޭ ވަރު ވާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ ކެމްޕެއިން ފައިނޭންސް ގާނޫނު ހެދުމުގައި އައިއެފްއީއެފް، ޔޫއެންޑީޕީ، ޓްރާންސްޕޭރެންސީ، އަދި އޭސީސީގެ އެހީތެރިކަން ހޯދާނެ ކަމަށާއި، އަދި މި ގާނޫނު ހެދުމުގައި ފަންނީ އެހީތެރިކަން ހޯދާނީ ފިލިޕީންސުން ކަމަށެވެ. ކެމްޕެއިން ފައިނޭންސް ގާނޫނުތަކުގެ ތެރެއިން އެންމެ ރަނގަޅީ ފިލިޕީންސްގެ ގާނޫނު ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިންތިޚާބާ ބެހޭ ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން އިންތިޚާބާ ގުޅޭ ގޮތުން ހިންގާ ކޮރަޕްޝަންގެ ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރުމުގެ ބާރު ދީފައި އޮތީ އޭސީސީއަށް ކަމަށެވެ. އަކްރަމް ވިދާޅުވީ މިފަދަ ގާނޫނެއް އައުމުގެ ސަބަބުން އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް