Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 15:13
މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް އަލުން ގުނުމުގެ މަސައްކަތް އަންގާރަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަންގައި ކުރިއަށް ގެންދަނީ
މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް އަލުން ގުނުމުގެ މަސައްކަތް އަންގާރަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަންގައި ކުރިއަށް ގެންދަނީ
އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ މަޖިލިސް 2019
މަޖިލިސް އިންތިހާބުގެ ބާތިލު ވޯޓު 4،000 ވުރެ ގިނަ
ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓު 3000 ވުރެ ގިނަ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ބާތިލު ވޯޓުގެ އަދަދު 4،000 ވުރެ ގިނަ ކަަމަށް އިންތިހާބުގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓަށް ވުރެ، މިފަހަރުގެ އިންތިހާބުގެ ބާތިލު ވޯޓުގެ އަދަދު ވަނީ 35 ޕަސެންޓް ވަނީ އިތުރުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ އިންތިހާބުގައި ބާތިލު ވޯޓުގެ ގޮތުގައި ޖުމްލަ 4،837 ވޯޓު ލާފައިވެއެވެ. ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓުގެ އަދަދަކީ 3,132 އެވެ.

މިފަހަރުގެ އިންތިހާބުގައި ބާތިލު ވޯޓު އެންމެ ގިނައީ މާމިގިލި ދާއިރާގައެވެ. އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 190 އެވެ. ބާތިލު ވޯޓުތައް ގިނަވުމުން، މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮށްޓެއް ގުނުމުން، ބާތިލު ވޯޓުގެ ގޮތުގައި ކަނޑައެޅި 109 ވޯޓެއް ސައްހަ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ މިހާރު 81 އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 80.2 ޕަސެންޓް މީހުން ވަނީ ވޯޓުލާފައެވެ. އެއީ 212،079 މީހުންނެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 264،442 މީހުންނަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް