Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 09:49
ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު (ވ) އާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު
ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު (ވ) އާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހަށް އިންތިހާބުވި ކުރީގެ ދެ ވަޒީރުންނަށް ކުރެވެނީ ބޮޑެތި ތުހުމަތު، ތަހުގީގު ކުރަންޖެހޭ: މަހުފޫޒް
ތުހުމަތުތައް މަހުފޫޒު ވިދާޅެއް ނުވޭ
އިދިކޮޅުގެ އަދަދު މަދުވިޔަސް، ހައްގު ބަސް ބުނަންވާނެ: މަހުފޫޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި މުހައްމަދު ސައީދާއި އާދަމް ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ ތުހުމަތުތައް ތަހުގީގު ކުރެވެންޖެހޭނެ ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުފޫޒު ސައީދު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމްގެ ލީޑާޝިޕަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ ތުހުމަތުތައް ކުރެވޭ ފަރާތްތައް "އެއް ކައިރިކޮށް، އާ ލީޑާޝިޕެއް" އުފެދެންޖެހޭ ކަމަށެވެ. އިދިކޮޅު ލީޑާޝިޕެއްގެ ގޮތުގައި އުފެދެންވީ އެ ތުހުމަތުތައް ތަހުގީގު ކުރަން ބާރު އަޅާނެ ލީޑާޝިޕެއް ކަމަށާއި ރައްޔިތުންގެ ތާއީދު ލިބޭނީ އޭރުން ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ތެރެއިން މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ އަދަދު މަދުވިޔަސް، ގޯހުން ކަމެއް ދާނަމަ، އެކަމެއް ރަނގަޅު ކުރުމަށް އެ މެމްބަރުން ބަސް ބުނަން ޖެހޭނެ ކަމަށެވެ.

އަލަށް އިންތިހާބުވި އިދިކޮޅު މެމްބަރުންނަށް ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރެވިދާނެ ކަމާމެދު ސުވާލު އުފައްދަވަމުން މަހުފޫޒު ވިދާޅުވީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ބޮޑެތި ތުހުމަތުތައް ކުރެވޭ ކަމަށެވެ.

"އެ އިންތިހާބުވި މެމްބަރުންނަކީ އެ ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ހުރި ބޭފުޅުން. ކުރީގެ ދެ ވަޒީރަކު އެބަ އުޅުއްވާ، އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ހުރީ، އިންތިހާއަށް ނިހާޔަތަށް ބޮޑެތި ތުހުމަތުތައް. އެ ތުހުމަތުތަކަކީ ތަހުގީގު ވެސް ކުރެވޭނެ ކަންތައްތައް، ތަހުގީގު ކުރަން ވެސް ޖެހޭނެ ކަންތައްތައް،" މަހުފޫޒު ވިދާޅުވިއެވެ.

މަޖިލީހަށް އިންތިހާބުވި ކުރީގެ ދެ ވަޒީރުންނަށް ކުރެވޭ ތުހުމަތުތަކެއް މަހުފޫޒު ވިދާޅެއް ނުވެއެވެ. ޔާމީންގެ ވެރިކަމުގައި މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގައި، ދައުލަތުގެ ފައިސާތައް ވަނީ ސިޔާސީ ބޭނުމަށާއި އަމިއްލަ މަންފާއަށް ބޭނުން ކޮށްފައެވެ.

މަހުފޫޒު ވިދާޅުވީ އެމްޑީޕީން އެކަނި އިންތިހާބުގައި ވާދަކޮށް، ގިނަ ގޮނޑިތައް ކާމިޔާބު ކުރެވުނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ސިޔާސީ ނިންމެވުމުގެ" ސަބަބުން ކަމަށާއި އެމްޑީޕީން މަޖިލިސް އިންތިހާބުގައި ހޯދި ކާމިޔާބީގެ މޭސްތިރިއަކީ އެމަނިކުފާނު ކަމަށެވެ.

"މި ކާމިޔާބީގެ މޭސްތިރިއަކީ ވަކި ބޭފުޅެކޭ ކަނޑައެޅިގެން ދަންނަވަން ޖެހޭކަމުގައި ވެއްޖެއްޔާ ރައީސް މުހައްމަދު ނަޝީދު. ދެން އެއާއެކު އެމްޑީޕީގެ މެމްބަރުން ކުރެއްވި އިތުބާރު،" މަހުފޫޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އަށް ގޮނޑިއެވެ. އަދި ޖޭޕީއަށް ފަސް ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ލިބުނީ ދެ ގޮނޑިއެވެ. އާ މަޖިލީހުގައި ހިމެނޭ އަމިއްލަ މެމްބަރުންގެ އަދަދު ހަތަކަށް އަރައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 އޭޕްރިލް 2019 | ބުދަ 08:15
Abhoo
Kaleyah kurevey thuhumath madeh noon.
10 އޭޕްރިލް 2019 | ބުދަ 05:46
އައިސް
ހޮވުނީމަ ކަންބޮޑު ވަނީ ތި ބާރު ވެރިކަން ނެތިދާނެ އިރާދަ ފުޅުން ބާރަށް އެރީމަ ވެއްޓޭނީ ބާރަށް....މަތީ ފަރާތެއްވޭ ލދނ ތަކާ
10 އޭޕްރިލް 2019 | ބުދަ 05:04
މުވަކިލް
މިހާޜޫ ތި ގޯސް ވަނީ. ސަޢީދު ގޯސް ވެދާނެ އެކަމަކު އާދަމް ޝަރީފަކީ ތިޔަބުނުއްވާފަދަ ތުޙުމަތުތަކެއް ކުރެވޭ ބޭފުޅެއް ނޫން.