Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 07:51
ރައީސުލް ޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
ރައީސުލް ޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
މުހައްމަދު ޝަރުހާން
މަޖިލީސް އިންތިހާބު 2019
މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ހޯދި ކާމިޔާބީއަށް ސްރީލަންކާގެ ބޮޑުވަޒީރު ތަހުނިޔާ ވިދާޅުވެއްޖެ
ސްރީލަންކާ އަކީ ޒަމާނުއްސުރެ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޤައުމެއް
ފަތުރުވެރިކަމާއި ސަރަޙައްދީ ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމަށް މަޝަވަރާ ކުރެއްވި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، އިންތިޚާބީ 87 ދާއިރާގެ ތެރެއިން 65 ދާއިރާގެ ގޮނޑި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ކާމިޔާބުކުރެއްވުމާއި ގުޅިގެން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު އަންގާރަ ދުވަހު ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ދިވެހިންގެ ފަރާތުން މި ސަރުކާރަށް ލިބުނު ބޮޑު ތަރުޙީބު އިހުތިރާމާއި އެކު ބަލައިގަންނަވާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުއްދަވައި ދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާ ސްރީލަންކާ އަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ދެޤައުމުން ބޭނުންފުޅުވާކަމުގައި ހާމަކުރެއްވިއެވެ.

މިގޮތުން، ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމާއި، ސަރަޙައްދީ ވިޔަފާރީގެ ދާއިރާއިން މިގުޅުން އިތުރަށް ފުޅާ ކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް