ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 09:15
ކުރިޔަށް އޮތް 90 ދުވަހަށް  އަލްޖީރިއާގެ އިންތިގާލީ ރައީސްއަކީ ބިންސަލާހް
ކުރިޔަށް އޮތް 90 ދުވަހަށް  އަލްޖީރިއާގެ އިންތިގާލީ ރައީސްއަކީ ބިންސަލާހް
އަލްޖަޒީރާ
އަލްޖީރިއާ
އަލްޖީރިއާގެ އިންތިގާލީ ރައީސްއަކަށް ބިންސަލާހް އައްޔަންކުރަން ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި
ރައްޔިތުން އެދޭ ރައީސްއަކު ހޮވުމަށްޓަކައި ވީ އެންމެ  އަވަހަކަށް ފުރުސަތުދޭނަން: ބިންސަލާ

ކުރިޔަށް އޮތް 90 ދުވަހަށް އަލްޖީރިއާގެ އިންތިގާލީ ރައީސްއަކީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަބްދުޤާދިރު ބިންސަލާހް ކަމަށް ގާނޫނު ހަދާ މަޖިލީހުން ރަސްމީކޮށް ކަނޑައަޅައިފިއެވެ.

އޭނާ ރައީސް ކަމަށް ގެންނަވާފައިވަނީ 20 އަހަރެެއްހާ ދުވަހު ވެރިކަން ކުރެއްވި އަބްދުު އަޒީޒް ބޫތެފްލިކާ އިސްތިއުފާ ދެއްވުމުންނެވެ.

ބިންސަލާވަނީ ކުރީގެ ރައީސް ބޫތެފްލިކާ މަގާމުން ވަކިވެ ވަޑައިގެންފި ކަމަށް ދުސްތޫރީ ކައުންސިލުން ނިންމުމާއެކު ރިޔާސަތަށް އައްއްޔަން ކުރައްވާފައެވެ.

 ބޫތެފްލިކާ މަގާމުން އިސްތިއުފާދެއްވީ ދެ މަހެއްހާ ދުވަހު ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރުމުންނެވެ.

"އަޅުގަނޑުމެން ޖެހޭ އަލްޖީރިއާގެ ރައްޔިތުން އެ ރައްޔިތުން އެދޭ ރައީސްއަކު ހޮވުމަށްޓަކައި ވީ އެންމެ  އަވަހަކަށް ފުރުފުސަތުދޭން". ބިންސަލާ ވިދާޅުވިއެވެ.

 އެ ގައުމުގެ ގާނޫނުއަސާސީ ބުނާގޮތުން އެ ގައުމުގައިި އައު އިންތިޚާބެއް ބޭއްވެންދެން ވެރިކަން ކުރައްވާނީ ބިންސަލާއެވެ.

މި އިއުލާނުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެ ގައުމުގެ ދަރިވަރުން ވަނީ މުޒާހަރާއަށް ނުކުމެފައެވެ. ވެރިރަށް އަލްޖިއަރސްގެ މަގުތަކަށް އެެއްވިތަނުން ފުލުހުން ވަނީ ކަރުނަގޭހާއި ފެންހޮޅީގެ ބޭނުންކޮށްގެން މުޒަހާރާ ރޫޅާލާފައެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި ހުރި ފޮޓޯތަކުން ފެންނަގޮތުގައި އެތައް ދަރިވަރުންނެއް، ސަރުކާރާ ދެކޮޅު ޝުއޫރުތައް އަޑުހަރުކޮށް ގޮވަމުން އެމީހުން ވަނީ ބެނާތަކާއި ކާޑުތައް ވެސް ގެންގުޅެފައެވެ. 

'އެ އެންމެންވެސް ޖެހޭނީ ވަކިކުރަން"އިންތިިގާލީ ރައީސްއަށް އިޝާރާތްކޮށް ބޯޑެއްގައި ލިޔެފައިވެއެވެ.

ބޫތެފްލިކާ މަގާމުން އިސްތިއުފާ ދެއްވިތާ ތިން ދުވަސްފަހުން މިދިޔަ ހުކުރު ދުވަހު ވެސް އެ ގައުމުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ އެގައުމުގެ މުޅި ސިޔާސީ ނިޒާމު އިސްާހުކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް