Advertisement
ކ. މާލެ
|
9 އޭޕްރިލް 2019 | އަންގާރަ 21:00
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ރައީސް އޮފީސް
ޓޫރިޒަމް އިންޑަސްޓްރީ
ޓްއަރިޒަމް އިންޑަސްޓްރީން، އައު ސަރުކާރާއެކު ރާއްޖެއަށް އުފާވެރިކަން ގެނެސްދީފި: ޓޫރިޒަމް މިނިސްޓަރ
މިދިޔަ އަހަރާއި އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެއް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވޭ
މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭ ގޮތަށް 30 ރިސޯޓެއް ހުޅުވޭނެ

ޓޫރިޒަމް އިންޑަސްޓްރީން، އައު ސަރުކާރާއިއެކު ރާއްޖެއަށް އުފާވެރިކަން ލިބޭ ހިސާބަށް އާދެވިފައިވާކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުން ފާހަގަ ކުރަށްވާ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް ޖެނުއަރީ މަހު 6.5 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު ފެބުރުއަރީމަހު 16.8 އިންސައްތައިގެ ކުރިއެރުމެއް އަދި މާރިޗު މަހު 22 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވެ ދިޔަ އަހަރާއި ބަލާއިރު މީ 15 އިންސައްތައިގެ އެރުމެއް ކުރިއެރުމެއް ކަމަށާއި މިއީ ރާއްޖެއަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔަކަމުގެ ސިގުނަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިގުތިސާދުގެ 70 އިންސައްތަ ބަރޯސާ ވަނީ ފަތުރުވެރިކަމަށް. ޖެނުއަރީ ފެބުރުއަރީ އަދި މާރިޗު މި ތިންމަސް އެއްކޮށް 482978 (ހަތަރުލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ ހަތްދިހަ އަށެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ. ރައީސް އިބްރާހިމް މުހަމަދު ސޯލިހު ކަނޑައަޅުއްވާ ޓާގެޓް 1.5 މިލިއަން މިހާރު އަޅުގަނޑުމެންގެ ފޯކާސްޓް ތަކުން ބްރޭކް ކުރެވޭނެކަން މިވަނީ ކަށަވަރު ވެގެން ގޮސްފައި. ރާއްޖެ އަށް ފަތުރުޔވެރިން އަންނަ ޓޮޕް 5 މާކެޓްގެ އެއްވަނައިގައި ޗައިނާ ދެވަނަ އިޓަލީ އޮތް އިރު ޖާރމެނީ، އިޓަލީގެ އިތުރުން އިންޑިއާ މިއޮތީ ވަރަށް ހަމަހަމަކޮށް. ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް އެކުވެރިކަމުގައި ރާއްޖެއަށް މިވަނީ ފައިދާ ވާން ފަށާފަ." އަލީ ވަހީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހަމަޖެހުން ގެނެވިއްޖެ ކަމަށާއި، އެދާއިރާ ކުރިއަރާ މަންޒަރު ފެންނަން ފަށައިފި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"40 ގެސްޓް ހައުސްގެ ހުއްދައާއެކު މިހާރު 545 ގެސްޓް ހައުސް ރާއްޖޭގައި އެބަހުރި. އަލަށް ލައިސަންސް ދިން 10 ރިސޯޓާއެކު ރިސޯޓުގެ އަދަދު 141 އަށް އިތުރުވާނެ. ސަރުކާރު އައިފަހުން ގެސްޓް ހައުސްގެ އެނދުގެ އަދަދުވެސް 640 އަށް އިތުރުވެއްޖެ. 1410 އެނދު ރިސޯޓުތަކަށް އިތުރުކުރެވިފައިވޭ އެއާއެކު ގެސްޓް ހައުސްތަކުގައި ޖުމްލަ 8944 އެނދު އެބަހުރި." އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭހެން 30 ރިސޯޓެއް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ވޭތިވެ ދިޔަތާގައި ފަތުރު ވެރިކަމުގެ ދާއިރާގައި ހިތާމަވެރި ކަންތައްތަކެއް ހިނގައިގެން ދިޔަ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް