Advertisement
ކ. މާލެ
|
8 އޭޕްރިލް 2019 | ހޯމަ 21:37
ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު
ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
މިނިސްޓަރ ޝާހިދުގެ ދަތުރުފުޅު
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ޖަރުމަނަށް ވަޑައިގެންފި
ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 9 ދުވަހާއި 10 ދުވަހު
ޝާހިދުގެ ދަތުރުފުޅުގައި ޖަރުމަނުގެ ފެޑެރަލް މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ބައްދަލު ކުރައްވާނެ

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ޖަރުމަނު ވިލާތަށް ފުރާ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޝާހިދު ޖަރުމަނަށް ވަޑައިގެންނެވީ އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ވަނަ ބާރލިން އެނާޖީ ޓްރާންސިޝަން ޑައިލޮގުގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.

މި ޑައިލޮގަކީ ތިމާވެއްޓާ އެކުވެރި ހަކަތަ އުފެއްދުމަށާއި ހެޔޮ އަގުގައި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ

ތިމާވެއްޓާ އެކުވެރި ހަކަތަ އުފައްދާ ސިސްޓަމްތައް ޤާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޭޕްރީލް 9 އަދި 10 ވަނަ ދުވަހުއެވެ.

މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުގައި ޖަރުމަނުގެ ފެޑެރަލް މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ބައްދަލު ކުރައްވާނެ ކަމަށާއި ދެ ޤައުމުގެ ދެމެދު އޮތް ބައިލެޓަރަލް ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 އޭޕްރިލް 2019 | ހޯމަ 17:10
ihaaru.
ދެއްކުންތެރިކަމުގެ ބައިވަރަށް ކުޑަ، ސާބަހޭ