ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 22:20
ރޯމިއޯ އަކްބަރު ވޯލްޓަރ ގެ ޕޯސްޓަރު
ރޯމިއޯ އަކްބަރު ވޯލްޓަރ ގެ ޕޯސްޓަރު
ގޫގުލް
ބޮލީވުޑް
''ރޯމިއޯ އަކްބަރު ވޯލްޓަރ'' އަށް ދެ ދުވަހުން 12 ކްރޯޑް!
ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5 ކްރޯޑް އިންޑިއަން ރުޕީސް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ރޯމިއޯ އަކްބަރު ވޯލްޓަރ" އަށް ފިލްމް ރިލީޒް ކުރިތާ ދެ ދުވަހުގެ ތެރޭ ވަނީ 12 ކްރޯޑް ރުޕީސް ލިބިފައެވެ.

 ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ފަސް ކްރޯޑް އިންޑިއަން ރުޕީސްއެވެ. އަދި ހޮނިހިރު ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ހަތް ކްރޯޑް ރުޕީސްއެވެ.

އެހެންކަމުން މި ފިލްމަށް ދެ ދުވަހުން ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 12 ކްރޯޑް ރުޕީސްއެވެ.

"ރޯމިއޯ އަކްބަރު ވޯލްޓަރ" ގައި ތަފާތު އަށް ކެރެކްޓަރއަކުން ޖޯން ފެނިގެންދާއިރު އޭނާ މި ފިލްމުގައި ކުޅެފައިވާ ރޯލަށް ބަލާއިރު ގައުމުގެ ދިފާއުގައި ދެވަނަ ވިސްނުމަކަށް ނުގޮސް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާ މަންޒަރު ފެނިގެންދާނެއެވެ.

ރޮބީ ގަރެވާލް ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ ސްޕައި ތްރީލާ ފިލްމެކެވެ. ޖޯންގެ އިތުރުން މޮނީ ރޯއީ، ޖެކީ ޝްރޮފް، ސުޗިތްރާ އަދި ސިކަންދަރު ކޭރު މިފިލްމުން ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް