ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 15:34
މުހައްމަދު އަފްރާހު
މުހައްމަދު އަފްރާހު
ފޭސްބުކް
ދިވެހި ފިލްމް އިންޑަސްޓްރީ
ފިލްމީ ތަރި އަފްރާހު ކުއްލި ގޮތަކަށް މަރުވެއްޖެ
އަފްރާހުގެ ބޮޑު ބައްޔެއް ހުރިކަން ކުރިން އެނގިފައެއް ނުވޭ

ފިލްމީ ތަރި މުހައްމަދު އަފްރާހު ހަސަން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އޭނާ މަރުވި އިރު އުމުރަކީ 45 އަހަރެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އަފްރާހުގެ އާއިލާގެ މީހަކު ބުނީ އޭނާ މަރުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ނިދި ގޮތަށް ހެނދުނު ހޭނުލައިގެން ބެލިއިރު ކަމަށެވެ. އެއީ ހެނދުނު 11:00 އެހާކަށްހާ އިރު އެވެ. އަދި އެއިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް މަރުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އަފްރާހުގެ ބޮޑު ބައްޔެއް ހުރިކަން ކުރިން އެނގިފައި ނުވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

އަފްރާހުގެ މައްޗަށް ކުރެވޭ ކަށިނަމާދު އާދިއްތަ ދުވަހުގެރޭ އިޝާނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތ. ތިމަރަފުއްޓަށް އުފަން އަފްރާހު ވަނީ 1990 އާއި 2000 އަހަރުތަކުގައި ފިލްމްތަކާއި ޑްރާމާތަކުން ފެނިގެން ގޮސްފައެވެ. މީގެ އިތުރުން އަފްރާހު ވަނީ ބައެއް ފިލްމް ޕްރޮޑިއުސްކޮށް އަދި ފިލްމްތަކާ ގުޅޭ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އަފްރާހް ކުޅުނު ފިލްމުތަކުގެ ތެރެއިން 2010 ވަނަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "ޖިންނި" ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 އޭޕްރިލް 2019 | އާދީއްތަ 12:22
ާއެމީހާ
Ihnaalihllahi waihnaa ilaihi raajioon