ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 16:37
ސަލްމާން ހާންގެ ޓިޔުބްލައިޓްގެ ޕޯސްޓަރެއް
ސަލްމާން ހާންގެ ޓިޔުބްލައިޓްގެ ޕޯސްޓަރެއް
ގޫގުލް
ސަލްމާން
ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
 
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޖޫން މަހު

މިދިޔަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރި ސަލްމާން ހާންގެ "ސުލްތާން" އަށް ފަހު ބެލުންތެރިންނާ ހަމައަށް ދެން އެންމެ އަވަހަށް އަންނަ އޭނާގެ ފިލްމަކީ "ޓިއުބްލައިޓް" އެވެ

 މިމަހުގެ ކުރީކޮޅު ޝޫޓިން ނިންމާލި "ޓިއުބްލައިޓް"ގެ ފުރަތަމަ ޓްރެއިލާ އަންނަ އެޕްރީލް މަހުގެ ފަހުކޮޅު ރިލީޒްކުރާނެ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

 ޖޫން މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރއިލާ އާންމުކުރާނެ ސިދާ ތާރީހެއް އަދި ހާމަކޮށްފައިނުވީ ނަމަވެސް އެޕްރީލްގެ ފަހުކޮޅު ޓްރެއިލާ ރިލީޒްކުރުމަށް ވަނީ ނިންމާފަ އެވެ.

ސަލްމާނާއެކު ކަބީރް ޚާން އުފެއްދި ތިން ވަނަ ފިލްމު، "ޓިއުބްލައިޓް" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫޒޫ އެވެ. މި ފިލްމުގައި ސަލްމާންގެ ބޭބެގެ ރޯލުން އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ

1962 އަހަރު އިންޑިއާ އާއި ޗައިނާ އާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެންކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓްސް މަންޒަރުތައް ފެނިގެންދާނެ އެވެ.

ވިޝުއަލް އިފެކްޓްސްގެ ގިނަ މަންޒަރުތަކެއް ފިލްމުގައި ހިމެނޭތީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ބޭނުންވާތީ ފިލްމުގެ ޝޫޓިން ވަނީ ލަފާކުރި ޝެޑިއުލަށް ވުރެ ކުރިން ނިންމާލާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް