ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 13:36
އިރުފާން ޚާން
އިރުފާން ޚާން
ގެޓީ އިމޭޖަސް
ބޮލީވުޑް
ހިންދީ މީޑިއަމް 2 ގެ ޝޫޓިން އަންނަ ހަފްތާގައި ފަށަނީ
މި ފިލްމްގައި އިރުފާން އާއި އެކު ލީޑް ރޯލުން ފެނިގެން ދާނީ ކަރީނާ ކަޕޫރު

އިރުފާން ޚާން އޭނާގެ އަންނަން އޮތް ފިލްމް ހިންދީ މީޑިއަމް2 ގެ ޝޫޓިންތައް އަންނަ ހަފްތާގައ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސީކުއެލްގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާޖަސްތާން ގައެވެ.

މި ފިލްމްގައި އިރުފާން އާއި އެކު ލީޑް ރޯލުން ފެނިގެން ދާނީ ކަރީނާ ކަޕޫރުއެވެ.

މިދިޔަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދުމަށް ފަހު އިރުފާން އެނބުރި އިންޑިއާއަށް ގޮސްފައިވަނީ މިދިޔަ މަހުއެވެ.

ނަމަވެސް އޭނާ މުޅިން ވެސް ފެނިގެން ގޮސްފައިވަނީ މޫނު ނިވާކޮށްގެން ހުއްޓައެވެ. ފުރަތަމަ ފަހަރަށް އޭނާ މޫނު ނިވާ ނުކޮށް ހުއްޓާ ފެނިގެން ގޮސްފައިވަނީ މިދިޔަ ހަފްތާގައެވެ.

މި ފިލްމަކީ 2017 ވަނަ އަހަރު ރިލީޒް ކުރި "ހިންދީ މީޑިއަމް" ގެ ސީކުއެލް އެކެވެ. މި ފިލްމްގައި އިރުފާން އާއި އެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ޕާކިސްތާނީ އެކްޓްރެސް ސަބަ ގަމަރެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް