ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 17:34
އޭޝިއަން އެތުލެޓިކް ޗެމްޕިއަންޝިޕަށް ދާ ގައުމީ ޓީމް
އޭޝިއަން އެތުލެޓިކް ޗެމްޕިއަންޝިޕަށް ދާ ގައުމީ ޓީމް
ގޫގުލް
އެތުލެޓިކްސް
އޭޝިއަން އެލެޓިކްސް ޗެމްޕއިަންޝިޕްގައި ވާދަކުރާ ދުވުންތެރިން ކަށަވަރުވެއްޖެ
އިންޑިއަން އޯޝަން ގޭމްސް އަށް ތައްޔާރުވުމުގެ މަގުސަދުގައި ބައިވެރިވާ މުބާރާތެއް

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމްގައި ހިމެނޭ ދުވުންތެރިންނާއި އެ ދުވުން ތެރިން ދުވުމަށް ހަމަޖެހިފައިވާ ކެޓަގަރީތައް އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާން ކޮށްފިއެވެ. 

މި އަހަރުގެ އިންޑިއަން އޯޝަން ގޭމްސްގަ އަށް ތައްޔާރުވުމުގެ މަގުސަދުގައި ބައިވެރިވާ މި މުބާރާތުގެ ބޭނުމަކީ ފާއިތުވެގެންދިޔަ ދުވަސްތަކުގައި ވާދަވެރި މުބާރާތެއްގައި ވާދަކޮށްފައި ނުވުމުގެ އިތުރުން މިހާރު ދުވުންތެރިން ތިބި ހާލަތު ދެނެގަތުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމްގައި ހިމެނެނީ ހަސަން ސާއިދު، އިބްރާހީމް އަޝްފާން އަލީ، ނަޖޫމް ހަސަން، ހުސެއިން ފަޒީލް ހާރޫން، ސަރީސް އަހުމަދު، އަބްދުﷲ އާދަމްގެ އިތުރުން ހުސެއިން ރިޒާއެވެ. 

މި މުބާރާތުގައި ހަސަން ސާއިދު ވާދަކުރާނީ 100 މީޓަރު ދުވުމާއި، 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރިލޭގައެވެ. އިބްރާހީމް އަޝްފާން އަލީ  ވާދަކުރާނީ 200 މީޓަރު ދުވުމާއި، އަދި 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރިލޭގައެވެ. ނަޖޫމް ހަސަން ވާދަކުރާނީ 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރިލޭގައެވެ. ހުސެއިން ފަޒީލް ހާރޫން ވާދަކުރާނީ 500 މީޓަރު އަދި 10.000 މިޓަރު ރޭހުގައެވެ. ސަރީސް އަހުމަދު ވާދަކުރާނީ 100 މީޓަރު، 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރޭހުގައެވެ. އަދި އަބްދުﷲ އާދަމް ވާދަކުރާނީ 200 މީޓަރު ދުވުމާއި، 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ރޭހުގައެވެ. ހުސެއިން ރިޒާ ވާދަކުރާނީ 800 މީޓަރު، 1500 މީޓަރު އަދި 4 ގުނަ 400 މީޓަރުގައެވެ.

ދުވުން ތެރިންނާ އެކު ގައުމީ ޓީމުގެ ކޯޗުންގެ ގޮތުގައި މެދު އަދި ދިގު ދުވުމުގެ ކޯޗަކަށް މަސައްކަތް ކުރާނީ އިންޑިޔާގެ އަލަގަވަންދީ ޝިވަނަންދާ އެވެ. ސްޕްރިންޓް ކޯޗަކަށް މަސައްކަތް ކުރާނީ އަހުމަދު ފާއިލްއެވެ. މީގެ އިތުރުން ޓީމް ލީޑަރުގެ ގޮތުގައި މުހައްމަދު އާމިރު ހަރަކާތް ތެއރިވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް