ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 14:26
ރެއާލް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގޯލް.ކޮމް
ސްޕެނިޝް ލީގު
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
 
ވެލެންސިއާ އޮތީ ކުޅުނު 22 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައި
 
ރެއާލް އޮތީ ކުޅުނު 22 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި

ސްޕެނިޝް ލަލީގާގައި ވެލެންސިއާ އަތުން ބަލިވެ ރެއާލް މެޑްރިޑް އިތުރު ހުރަހަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ވެލެންސިއާއާ ވާދަކޮށް ރެއާލް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ވެލެންސިއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ހަތަރު ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސައިމަން ޒާޒާ އެވެ. މި ލަނޑަށްފަހުވެސް ވެލެންސިއާ އިން ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.

އެގޮތުން ނުވަ ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮރެލާނާ ވަލެންޒުއޭލާ އެވެ. ވެލެންސިއާގެ މި ލަނޑާއެކު ރެއާލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ.

މީގެއިތުރުން އެޓީމުން ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާކޮށް ހަމަލާވެސް އުފައްދާފައެވެ. އެގޮތުން ކްރިސްތިއާނޯ ރޮނާލްޑޯ އަދި ހަމޭސް އަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރެއާލް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ކްރިސްތިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މާސެލޯގެ އެހީތެރިކަމާއެކުގައެވެ. ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ވެލެންސިއާ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ އެޓީމުން ކުރަމުންދިޔަ އެޓޭކްތައް އިތުރުކޮށްފައެވެ. އެގޮތުން ވެލެންސިއާ އިން ވަނީ ފަހަތަށް ޖެހި މޮޅު ޑިފެންސެއްކޮށް ބައިކޮޅަށް ލަނޑެއް ވަނެނުދިނުމަށް ބުރަ މަސައްކަތްކޮށްފައެވެ.

މެޗުގައި ރެއާލް އަށް ނަތީޖާ ހަމަހަމަކުރުމަށް ދެވަނަ ހާފްގައި ގިނަ ފުރުސަތުތައް ލިބުނެވެ. އެގޮތުން މެޗުގެ ފަހު 10 މިނެޓު ތެރޭގައި ރޮނާލްޑޯ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 22 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން މޮޅުވި ވެލެންސިއާ އޮތީ ކުޅުނު 22 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގަ އެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް