ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 21:53
ނިޔޭ ލޯންޗް ކޮށްދެއްވީ އެ ޕާޓީގެ ރައީސް ރާހުލް ގާންދީ
ނިޔޭ ލޯންޗް ކޮށްދެއްވީ އެ ޕާޓީގެ ރައީސް ރާހުލް ގާންދީ
ރޮއިޓަރސް
އިންޑިއާގެ އާއްމު އިންތިޚާބު
އެންމެ ބޮޑު މިނިމަމްވޭޖާއެކު އިންޑިއާގެ ކޮންގްރެސް ޕާޓީގެ މެނިފެސްޓޯ އިއުލާނުކުރަނީ
ބީޖޭޕީންވަނީ މިއީ އޮޅުވާލުމެއްކަމަށް ބުނެފައި

އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކޮންގްރެސް ޕާޓީ ވެރިކަމަށް ގެނެސްފިނަމަ ދުނިޔޭގެ އެންމެ ބޮޑު މިނިމަމް ވޭޖް ތައާރަފްކުރާނެ ކަމަށް އެ ޕާޓީން ވައުދުވެއްޖެއެވެ.

ނިޔޭގެ ނަންދީފައިވާ މި ސްކީމް ހިމެނޭ މެނިފެސްޓޯ އަންގާރަ ދުވަހު އެ ޕާޓީން ލޯންޗް ކޮށްފައިވަނީ އެ ޕާޓީގެ ރައީސް ރާހުލް ގާންދީއެވެ.

އާއްމު އިންތިޚާބުގެ ފުރަތަމަ ބުރަށް ދެ ހަފްތާއަށް ވުރެ ކުރު މުއްދަތެއް އޮއްވައި ލޯންޗް ކުރި މި މެނިފެސްޓޯއަށް ދީފައިވާ ނަމަކީީ ހަމް ނިބާއޭންގޭ އެވެ. ދިވެހި ބަހުން އޭގެ މާނައަކީ އަހަރެމެން ކޮށް ދޭނަމޭއެެވެ.

މި ސްކީމް އިއުލާނު ކުުރުމާއެކު، ވެރިކަންކުރާ ބާރަތިޔަ ޖަނަތަ ޕާޓީ ބީޖޭޕީޕީން ވަނީ އެއީ އޮޅުވާލުމެއް ކަމަށް ބުނެފައެވެ.

އިންޑިއާގެ އެތައް ބަހަކުން ނިޔޭގެ މާނައަކީ އިންސާފެވެ. މި ސްކީމްގައި ވާގޮތުން އެ ގައުމުގެ އާބާދީގެ 20 އިންސައްތަ، ގާތްގަނޑަކަށް 250 މިލިއަން މީހުންނަށް މަހަކު 6،000 ރުޕީސް(87 ޑޮލަރު) ލިބޭނެއެވެ. އެއީ ދައުލަތުގެ ބަޖެޓުން 3.6 ލާކް ކްރޯޑް ނުވަތަ (52 ބިލިއަން ޑޮލަރު  ޚަރަދުވާ ޕްރޮގްރާމަކަށްވާއިރު މި ސިޔާސަތު ތަންފީޒު ކުރަން ޖެހިއްޖެނަމަ ވެގެންދާނީ ދުނިޔޭގައި މިނިމަމް ވޭޖް ކަނަޑައެޅިގެން ގެންދެވޭ އެންމެ ބޮޑު ޕްރޮގްރާމަށް ކަމަށެވެ.

މީގެ އިތުރުން  މީޑިއާ އިސްލާހުކުރުމާއި އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް އިންޑިއާއަށް ހޯދުންފަދަ މަސައްކަތްތައް ހިމެނެއެވެ.

- ކޮމެންޓް