ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއް އާންމުވި މައްސަލަ ބަލަމުން އަންނަ ކަމަށް އެއިދާރާއިން ބުނެފިއެވެ،
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުދަ ދުވަހު ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ލ. ގަމު ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް މަސައްކަތްކުރާ އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއް އާންމުވެފައިވާ ކަމުގެ މައްސަލަ ފުލުހުންނަން ހުށައެޅިފައިވާ ކަމަށެވެ. އެ އޮފިޝަރު މިހާރު ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.