Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 09:18
އިދިކޮޅު އިއްތިހާދު ހިޔަނި ކެބިނެޓް މެމްބަރު އާދަމް އާޒިމް
އިދިކޮޅު އިއްތިހާދު ހިޔަނި ކެބިނެޓް މެމްބަރު އާދަމް އާޒިމް
މުހައްމަދު ފަޒީން
އެމްޔޫއޯ
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
ހައްގުތައް ހޯދަން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ
ސަރުކާރުން ދަނީ ރައްޔިތުން އަޅުވެތިކުރަމުން
މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަންޖެހޭ

ދިވެހި ރައްޔިތުންނަން ގާނޫނު އަސާސީން ލިބިފައިވާ މިނިވަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅާގަންނަމުން ދާއިރު ޙައްގުބަސް ބުނަން މަގުމައްޗަށް ނުނިކުމެއްޖެނަމަ މިހާރު ލިބިފައިވާ ހަނި މިނިވަންކަން ވެސް ގެއްލިގެންދާނެ ކަމަށް އެސްޓިއޯގެ ކުރީގެ އެމްޑީ އަދި އިދިކޮޅު އިއްތިހާދު ހިޔަނި ކެބިނެޓް މެމްބަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ވަޒީފާގެ ނާމާންކަން" ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ އެމްޔޫއޯން ބޭއްވި ޕެނަލް ޑިސްކަޝަންގައި އާޒިމް ވިދާޅުވީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަން ލިބިދީފައިވާ މިނިވަންކަން ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައި ގަންނަމުން ދާއިރު ހައްގުތައް ހޯދަން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ނިގުޅާއިގަތުމަށް ފަހު މިއަދު ވަޒީފާގެ ބިރު ދައްކާ ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށް ސޮއި ކުރަން މަޖުބޫރުކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ޙައްގު ބަސް ބުނުމަށް ނުނިކުމެއްޖެނަމަ، މި ސަރުކާރުން ރައްޔިތުން އަޅުވެތިކުރަމުން ދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނެއް ފާސްކުރި ނަމަވެސް، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގެ ގޮތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒިފުންނަން ވަޒީފާގެ ބިރުދައްކަމުން ދާއިރު، އެވާހަކަތައް ސޯސަލް މީޑިއާގައި މެދުވެރިކޮށް ވެސް ދަންކަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. މިނިވަންކަން ދޫކުރަން ފަށާފިނަމަ މިނިވަންކަން މުޅިން ގެއްލިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް