Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 08:21
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މެމްބަރު ޝިދާތާ ޝަރީފް
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މެމްބަރު ޝިދާތާ ޝަރީފް
އަޒުމޫން އަހުމަދު
އެމްޔޫއޯ
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ
ވަޒީފާގެ ބަޔާނުގައި ކުރަންޖެހޭ މަސައްކަތްތައް ބަޔާންކޮށްފައިވާނެ
ވަޒީފާއިން ވަކިކުރާ މީހުންނަން އިއްތިހާދުގެ ވެރިކަމެއްގައި ވަޒީފާ ހޯދައިދޭނެ
މި މައްސަލަތައް ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ހުށައަޅަނީ

ވެރިކަން ކުރާ ޕީޕީއެމުން ވަޒީފާގެ ބިރު ދައްކައިގެން އެޕާޓީއަށް ސޮއިކުރަަން މަޖުބޫރު ކުރަމުން ދާއިރު، އެކަންކަމަށް އަމާންދީފިނަމަ މާދަމާވެސް ތިބެން ޖެހޭނީ އަޅުވެތިކަމެއްގައި ކަމަށް އަދާލަތުގެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ "ވަޒީފާގެ ނާމާންކަން" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝިދާތާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވަޒީފާގެ ބިރު ދައްކައިގެން ސިޔާސީ ހަރަކާތަކުގައި ބައިވެރިކުރުމަށް މަޖުބޫރުކުރާއިރު އެކަމާ ދެކޮޅު ހަދަންޖެހޭ ކަމަށެވެ. ގާނޫނު އަސާސީ ކަނޑައެޅިގެން މުޅިން ހިލާފަށް ކުރާ އެފަދަ ކަންކަމަށް ތަބާވެއްޖެނަމަ އެކަމުގެ ގެއްލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުގެ މުވައްޒިފުނަކީ ޝިދާތާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ މުވައްޒިފަކު މަސައްކަތް ކުރާ މުވައްސަސާއެއްގައި ނުވަތަ އޮފީހެއްގައި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ. އެއްވެސް ހާލެއްގައި އެ މުވައްޒިފަކުންނަކީ ޕީޕީއެމްގެ ޖަލްސާތަކުގައި ބައިވެރިވާންޖެހޭ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝިދަތާ ވިދާޅުވީ ވަޒީފާ ދޭއިރު ވަޒީފާގެ ބަޔާނުގައި އެމީހެއް ކުރަންޖެހޭ މަސައްކަތްތަށް ބަޔާންކޮށްފައިވާ ކަމަށެވެ. ޕީޕީއެމްއަށް ވަންނަން ދެކޮޅު ހަދައިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އިއްތިހާދުގެ ވެރިކަމެއްގައި ވަޒީފާ އަލުން ހޯދައިދޭނެ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ. ވަޒީފާގެ ބިރުދައްކައިގެންނާއި ސިޔާސީ ހަރަކާތަކުގައި ބައިވެރިވާން މަޖުބޫރުކުރާ މައްސަލަ މަސައްކަތް ތެރިންގެ ޙައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށައެޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް