Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 04:40
ޕީޕީއެމްގެ އެތެރޭގެ ބައްދަލލުވުމެއްގައި މަސީހު
ޕީޕީއެމްގެ އެތެރޭގެ ބައްދަލލުވުމެއްގައި މަސީހު
ޓްވިޓަރ
މަޤާމުން ވަކިކުރުން
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
އެމްޑީޕީން އަދިވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނާޅާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތެރެއިން ފެއިލްކޮށްލާނެ ކަމަށް މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

 

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރައްވާ، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބަރު ނެތްކަމަށް ފާސްކުރުމަށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ޕީޕީއެމްގެ ޕީޖީ ގުރޫޕުން ފެއިލްކޮށްލާނެ ކަމަށެވެ.

 

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ބޭރުކުރުމަށް އެމްޑީޕީން މަސައްކަތްކުރާކަމަށް ނިހާނު ވިދާޅުވި ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމަށް އުޅޭކަމެއް އެމްޑީޕީން މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ. އެންމެފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް މަސައްކަތްކޮށްފައިވަނީ، ރައީސް މައުމޫނު އަބްދުއް ޤައްޔޫމްގެ ފެކްޝަނަށް ތައީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އެކަމުގައި އިސްކޮށް ހުންނެވީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. ނަމަވެސް ފަހުން އެ މައްސަލައެއް ހުށަހަޅާފައެއް ނުވެއެވެ.

 

އިދިކޮޅު މެމްބަރުން، މަޖިލީހުގެ ރައީސްގެ އިތުބަރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އުޅޭކަމުގެ އިޝާރާތެއްކޮށްފައިވާއިރު، ރާއްޖެޓީވީއަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ 10 މެމްބަރަކު ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ސޮއިކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް