ކ. މާލެ
|
1 އޭޕްރިލް 2019 | ހޯމަ 16:54
ސަލްމާން ޚާން އާއި ޕްރަބޫދޭވާ
ސަލްމާން ޚާން އާއި ޕްރަބޫދޭވާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ދަބަންގް 3 ގެ ޝޫޓިން ފަށައިފި
މި ފިލްމްގައި ސަލްމާން އާއި އެކު ލީޑް ރޯލުން ފެނިގެންދާނީ ސޯނާކްޝީ ސިންހާ

އެކްޓަރ ސަލްމާން ޚާން އޭނާގެ އަންނަން އޮތް ފިލްމް "ދަބަންގް 3" ގެ ޝޫޓިން ފަށައިފިއެވެ.

ސަލްމާން ވަނީ އޭނާގެ ކޮއްކޮ އަދި ފިލްމްގެ ޕޮރިޑިއުސަރ އަރްބާޒް ޚާން އާއި ފިލްމްގެ ޑައިރެކްޓަރ ޕްރަބޫދޭވާ އާއި އެކު އާދިއްތަ ދުވަހު އިންޑޯއަށް ގޮސްފައެވެ. އިންޑިއޯއިން މި ޓީމް ވަނީ ލޮކޭޝަނެއް ހޯދުމަށްޓަކައި މަންދްލޭޝްވަރު އަދި މަހޭޝްވަރަށް ގޮސްފައެވެ.

ސަލްމާން ވަނީ އޭނާގެ ޓުވިޓާގައި ފިލްމް ސެޓްގެ ފުރަތަމަ ފޮޓޯ ހިއްސާކޮށް ޝޫޓިން ފެށިކަމަށް ބުނެފައެވެ.

މި ފޮޓޯގައި ޗުލްބުލް ޕާންޑޭގެ ކެރެކްޓަރ ދައްކުވައިދޭ ގޮތަށް ސަލްމާން ފެނިގެން ދަނީ ގަމީހުގެ ފުރަގަހުން ގިރުވާނަށް އައިނު ޖަހާފައި ހުއްޓައެވެ. މި ފޮޓޯގައި ސަލްމާންގެ ކުރިމަތީގައި ޕްރަބޫދޭވާ ހުއްޓިގެން ހުއްޓާ ފެނިގެންދެއެވެ.

މީގެ އިތުރުން އާދިއްތަ ދުވަހު ސަލްމާން ވަނީ އަރްބާޒް އާއި އެކު ނަގާފައިވާ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. މި ވީޑިއޯގައި ސަލްމާން ބުނެފައި ވަނީ އޭނާ އާއި އަރްބާޒް އުފަންވި ސިޓީ ކަމަށްވާ އިންޑޯއަށް ލޭންޑްކުރެވުނު ކަމަށެވެ.

މި ފިލްމްގައި ސަލްމާން އާއި އެކު ލީޑް ރޯލުން ފެނިގެންދާނީ ސޯނާކްޝީ ސިންހާއެވެ.

ސޯނާކްޝީ ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފއިވަނީ ވެސް ސަލްމާން އާއި އެކު 2010 ވަނަ އަހަރު ރިލީޒް ކުރި ދަބަންގް އިންނެވެ.

މި ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް