ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުތައް ޗެލްސީއާއި ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ.
އާދިއްތަ ދުވަހުގެ މެޗު ޗެލްސީ ކާމިޔާބު ކުރީ ކާޑީފް ސިޓީއާއި ވާދަކޮށް 1-2 ގެ ނަތީޖާ އަކުންނެވެ.
ކާޑިފް ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ޗެލްސީއިންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ 46 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނަގާފައިވަނީ ކާޑިފްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ހެރީ އަރޓާގެ އެހީތެރި ކަމާއިއެކު ވިކްޓަރ ކެމަރާސާއެވެ.
ފުރަތަމަ ހާފްގައި ކާޑިފްގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. ޗެލްސީން މި ހާފުގައި ކާޑިފްގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެހެން ނަމަވެސް ޗެލްސީއަށް ވަނީ ލީޑް ނުނެގިފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ކާޑީފް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ޗެލްސީންނެވެ. އެ ޓީމުން ވަނީ ކާޑިފްގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗުގެ ނަތީޖާ ޗެލްސީއަށް ހަމަހަމަ ކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި މަރކޮސް އެލޮންސޯގެ އެހީތެރި ކަމާއިއެކު ސެސަރ އަޒްޕިލިކުއެޓަރއެވެ.
މި ލަނޑާއެކު ޗެލްސީ މެޗުގެ ފަހުވަގުތު ކޮޅުގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓުގެ ބޭނުންހިފައި ޗެލްސީން ވަނީ ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ވިލިއަން ބޯރގެސްގެ އެހީތެރިކަމާއެކު ރުބެން ލޮފްޓަސް ޗީކްއެވެ.
މި ސީޒަނުގައި ރެލިގޭޝަނުގެ ބިރުވެރިކަން ކާޑިފްއަށް ކުރިމަތިވެފައި ވާއިރު، އާދިއްތަ ދުވަހުގެ މެޗުން މޮޅުވުމުން ޗެލްސީ މިވަގުތު އޮތީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިފައެވެ.
ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރި މެޗު 1-2 ކާމިޔާބުކުރީ ލިވަޕޫލްއިންނެވެ.
އެންފީލްޑްގައި ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ލީޑް ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑް ނެގީ ލިވަޕޫލްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެންޑްރޫ ރޮބާޓްސަން ގެ އެހީތެރިކަމާއި އެކު ރޮބަރޓޯ ފަރމީނިއޯ އެވެ.
މި ލަނޑަށް ފަހުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުުރުސަތުތަކެއް ޗެލްސީއަށް ލިބި ވަނީ ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އަކުން ލިވަޕޫލް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޓޮޓަންހަމްގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 70 ވަނަ މިނެޓުގައި ކްރިސްޓެން އެރިކްސަންގެ އެހީތެރި ކަމާއެކު ލޫކަސް މޯރާއެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިވަޕޫލްއަށް ލީޑް ލިބުނީ ޓޮޓަންހަމްގެ ޓޮބީ އަލްޑަވާޑްގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 32 މެޗުން ލިބުނު 79 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 31 މެޗުން ލިބުނު 77 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމައަށް 31 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 31 މެޗުން ލިބުނު 61 ޕޮއިންޓާ އެކު އެވެ. އާދިއްތަ ދުވަހު ކާޑިފް ސިޓީ އަތުން މޮޅުވެ، ތާވަލުގެ ހަ ވަނާގައި ޗެލްސީ ހައޮތީ ފަސް ވަނައިގައި އޮތް އާސެނަލްއާއޮ ޕޮއިންޓްގެ ގޮތުން އެއްވަރުވެ 60 ޕޮއިންޓާއެކުއެވެ.