ކ. މާލެ
|
1 އޭޕްރިލް 2019 | ހޯމަ 16:48
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރެެއިން
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރެެއިން
ހޭންޑްބޯލް އެސޯސިއޭޝަން
އިންޓަރ ސްކޫލް ހޭންޑްބޯލް
5 ވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށައިފި
އަތޮޅު ތެރޭގެ ހަތް ސްކޫލްއާއިއެކު ޖުމްލަ 19 ސްކޫލުން 78 ޓީމް ބައިވެރިވި
19 ސްކޫލަކުން 1000 ވުރެ ގިނަ ކުޅުންތެރިން

ފަސް ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރަތް ހޯމަ ދުވަހު ފަށައިފިއެވެ. 

މި މުބާރާތުގައި އަތޮޅު ތެރޭގެ ހަތް ސްކޫލްއާއިއެކު ޖުމްލަ 19 ސްކޫލުން 78 ޓީމް ބައިވެރިވެފައިވެއެވެ. 

ހޭންޑްބޯލް އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މި އަހަރުގެ މުބާރާތުގައި އެކި އުމުރުފުރާތަކުން 19 ސްކޫލަކުން 1000 ވުރެ ގިނަ ކުޅުންތެރިން ބައިވެރިވިއެވެ. 

ހޭންޑްބޯލް އެސޯސިއޭޝަންއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި 12 އަހަރުން ދަށުގެ އުމުރުފުރާއާއި، 14 އަހަރުން ދަށުގެ އުުރުފުރާގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެއެވެ.

ހޯމަ ދުވަހު މުބާރާތް ފެށުނުއިރު އޭޕްރިލް 11 އާއި ހަމައަށް ކުރިއަށް ދާނީ 12 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކެވެ. 14 އަހަރުންދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ 11 އޭޕްރިލްގައެވެ. 

މުބާރާތުގައި ޖުމްލަ 144 މެޗު ކުޅުމަށް ޝެޑިއުލް ކުރެވިފައިވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ނެޝަނަލް ހޭންޑްބޯލް ގްރައުންޑްގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 އޭޕްރިލް 2019 | ހޯމަ 16:40
ސްޕޯޓްސް
ސާބަހޭ ސާބަހޭ މިހާރުން މިހާރަށް ރެފްރީން ތަމްރީނު ކުރުން މުހިންމު