ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 01:47
ޓީޓީ ޗެމްޕިއަންޝިޕްގެ ތެރެއިން
ޓީޓީ ޗެމްޕިއަންޝިޕްގެ ތެރެއިން
ޓްވިޓަރ
26 ވަނަ ޓީޓީ ޗެމްޕިއަންޝިޕް
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
 
15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން އަޚްޔާރް އަހްމަދު ޚާލިދު
 
18 އަހަރުން ދަށުގެ ޑަބަލްސް ބައިން ޗެމްޕއަންކަން ހޯދީ އައިޝަތު ރަފާ
 
12 އަހަރުން ދަށުގެ ފިރިހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ވީރުސެނާ

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ 26 ވަނަ ޓީޓީ ޗެމްޕިއަންޝިޕްގެ ފުރަތަމަ ޑިވިޝަންގެ ސިންގަލްސް އިވެންޓްތަކުގެ ފިރިހެންބައިގެ ޗެމްޕިއަންކަން މުހައްމަދު ޒީސްތު ނަސީމް ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ފޯރިގަދަ ކުޅުމަކަށްފަހު ޒީސްތު ނަސީމް ހޯދީ ފައިނަލުގައި ސްރީލަންކާގެ ދިއުމިތު ވީރުސެނާ ވާދަކޮށް ހަތަރު ސެޓް ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. އަދި އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ރަފާ ހޯދީ ފައިނަލްގައި ޝިއުރާ ޝަރީފްއާ ވާދަކޮށް ސީދާ ހަތަރު ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނުވަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ލަންކާގެ ދިއުމިތު ވީރުސެނާހޯދިއިރު، މިއުމުރުފުރާގެ އަންހެން ބައިން ޗެމްޕިއަންކަން ހޯދީ މިޝްކާ މުހައްމަދު އިބްރާހިމް އެވެ.

މި މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީވެސް ދިއުމިތު ވީރުސެނާ އެވެ. އަދި މިއުމުރުފުރާގެ އަންހެން ބައިން ޗެމްޕިއަންކަން ހޯދީ ދިޔާމް ސިފާހު ސައީދު އެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން އަޚްޔާރް އަހްމަދު ޚާލިދު ހޯދިއިރު، އަންހެން ބައިން ޗެމްޕިއަންކަން ހޯދީ ފާތިމަތު ޝަދާ މަމްދޫހް އެވެ. އަދި 18 އަހަރުން ދަށުގެ ޑަބަލްސް ބައިން ޗެމްޕއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމް، ލައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް