ކ. މާލެ
|
31 މާރޗް 2019 | އާދީއްތަ 18:38
ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ
ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ނެޓްބޯލް އެސޯސިއޭޝަން
ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އިންތިޙާބުކޮށްފި
ނެޓްބޯޅަ އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އެކުލަވާލައިފި
އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިޙާބުވެފައި ވަނީ ފަޒުނާ ޖަލީލް

ގިނަ ދުވަސްތަކެއް ވަންދެން ނޯމަލައިޒް ކުރިވިފައިއޮތް ނެޓްބޯޅަ އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އެކުލަވާލައި އެ އެސޯސިއޭޝަންގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. 

އެސޯސިއޭޝަންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވީ ނޯމަލައިޒޭޝަން ކޮމިޓީން ހުކުރު ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި އިންތިހާބުގައެވެ.

މި އިންތިހާބުގައި ރައީސް އާއި ނައިބު ރައިސްގެ އިތުރުން އެކްސްކޯގެ ހަތް މަގާމަކަށް ބޭފުޅުން އައްޔަންކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ނުވަ ކްލަބުގެ ވޯޓުންނެވެ. 

އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިޙާބުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކޯޗެއްގެ ގޮތުގައި ނެޓްބޯޅައަށް ޙިދުމަތް ކޮށްދީފައިވާ ކުުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކްލަބުގެ ފަޒުނާ ޖަލީލްއެވެ. ނައިބު ރައީސް ކަމަށް އިންތިޙާބުވެފައި ވަނީ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން މީގެ ކުރިން ކޮށްފައިވާ ޒެނިތް ކްލަބުގެ މުޒުހިރާ އިބްރާހިމްއެވެ. ޙަޒާން ދާރުގެ ގޮތުގައި ސްޕޯރޓްސް ކްލަބް ސްކައިލާރކްގެ ފާތިމަތު ލީނާ އިންތިޙާބުވެފައިވާއިރު އިތުރު މެންބަރުންގެ ގޮތުގައި ހޮވިފައި ވަނީ އަހުމަދު އައިފާން،  އާއި ނުޒުހަތު އަލީ އާއި މައުމުނާ އަބްދުﷲ އާއި އައިމިނަތު ލީލާ އާއި އިބްރާހީމް މޫސާ އާއި އައިޝަތު ނައުރާ އެވެ.

މި އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކުލަބުތަކުގެ ގޮތުގައި ނޯމަލައިޒޭޝަން ކޮމެޓީން ކަނޑައަޅާފައިވާ ނުވަ ކުލަބަކީ ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކުލަބު، ޒެނިތު ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ސްކައިލާރކް، ލޮރެންޒޯ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ޝައިނިންގ ސްޓާރ، ޔޫތު ޔުނައިޓަޑް ސްޕޯޓްސް ކުލަބު، ކުލަބު މެޓްރިކްސް، ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބުގެ އިތުރުން މަހިބަޫ ސްޕޯޓްސް ކުލަބެވެ. 

އިންތިހާބު ކުރިޔަށްދިޔައީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމެޓީގެ ތިން މެންބަރުންގެ ހާޒިރުގައެވެ. ކޮމެޓީގައި ތިއްބަވަނީ ރައީސް އަޙްމަދު އިބްރާހީމް އާއި ނައިބް ރައީސް އިޝްރަތު ހަމީދު އާއި މެންބަރު އަޙްމަދު އާދަމް އެވެ. އިންތިހާބަށް ހާޒިރު ވެފައިނުވަނީ ޔަޒްނީ ރަޝީދު އާއި މޫސާ ނާޝިދު އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ އިތުރުން އިންތިހާބު ކުރިޔަށްދިޔައިރު އޮބްޒާވަރުންގެ ގޮތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ފަރާތުން އަހްމަދު އަމްނޫނީ އިސްމާއީލް އާއި އޮލިމްޕިކް ކޮމެޓީގެ ފަރާތުން ޒުބައިރު މުޙައްމަދު އާއި ސްޕޯޓްސް ޑިޕާޓްމަންޓްގެ ފަރާތުން ހަސަން އަޙްމަދު ވަނީ ބައިވެރިވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނެޓުބޯޅަ އެސޯސިއޭޝަންއަށް އަލަށް އިންތިޙާބުވި އެގްޒެކެޓިވް ބޯރޑުން ރަސްމީކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ. އެހެން ނަމަވެސް ގަލޮޅު ދަނޑުގެ ސަހަރާއާއި ވީފަރާތުގައި ހިނގަމުންދާ އޮފީސްތައް ހިންގުމަށް އެތަން އެންމެ އެކަށީގެން ނުވާތީ ޔޫތު މިނިސްޓްރީން ވަނީ އެތަނުގައި އޮފީސްތައް ހިންގުން މަޑު ޖައްސާލާފައެވެ. އެހެންކަމުން ނެޓްބޯޅަ އެސޯސިއޭޝަން ހިންގުމައް މިވަގުތު އިދާރާއެއް ނެތެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް