Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 01:32
ރައީސް ޔާމީން: އެންމެން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ގޮވާލެއްވި
ރައީސް ޔާމީން: އެންމެން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ގޮވާލެއްވި
ރާއްޖެއެމްވީ
ރައީސް ޔާމީން
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
ޙަޤީގަތް ޤަބޫލުކޮށް އެތައް ސަތޭކަ ބަޔަކު ދަނީ ޕީޕީއެމާ ގުޅެމުން: ރައީސް ޔާމީން

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު" ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމާއި އަލަށް ގުޅުނު މީހުންގެ ފޯމްތައް އެމަނިކުފާނާ ހަވާލު ކުރުމުގެ ގޮތުން ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި ބުދަދުވަހު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިހަފްލާގައި ރައްޔިތުން ޙަޤީގަތް ޤަބޫލު ކުރެއްވުމަށް ގޮވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ މުޅިރާއްޖޭގެ ރައްޔިތުން ހޭލުންތެރިވެއްޖެކަން ގައިމުކަމަށާއި ޙަޤީގަތް ޤަބޫލުކޮށް އެތައް ސަތޭކަ ބަޔަކު ޕީޕީއެމާ ގުޅެމުންދާ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ އިދިކޮޅު ފަރާތްތަކުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޤަބޫލު ކުރަން ޖެހޭ ޙަޤީގަތަކީ ކުރިއަށް ދެވެން އޮތް އޮޑިއަކާއެކު ކުރިއަށް ދިއުން ކަމަށެވެ.

"ބާ ލަކުޑި އޮޑިއެއް އިންޑިޔާ ކަނޑުގައި ހަމަ ޣަރަޤުވެދާނެ. އެކަމަކު އަލަށް ބަނދެގެން ހަމަ ވައިސޫރި ކިޔާފައި މިދާ އޮޑިއަށް އެންމެން އަރައިފިކަމުގައިވާނަމަ ހަމަ ގައިމުވެސް، ނޫހުގެފާނުގެ ނާކޮޅުގައިވެސް ހަމަ ހުރިހާ މީހުން ސަލާމަތް ކުރެއްވި ދެއްތޯ. އަޅުގަނޑަށް ހީވަނީ ހަމަ އެއޮޑި ބަނދެގެން ދުއްވާ ބަޔަކީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު ކަންނޭނގެ. އެހެންވީމަ އަޅުގަނޑުމެން އޮޑިއަށް އަރާވަޑައިގަތުމަށް މިއަދުވެސް ހަމަ ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަން" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ރައީސް ވިދާޅުވީ އޭޕްރީލް 15ގައި އޮންނަ އިންތިހާބަކީ މި ސަރުކާރު ދަމަހައްޓަން ދޭ ވޯޓަކަށް ހަދަން ޖެހޭ ކަމަށާއި ސަރުކާރާ ދެކޮޅަށް ވޯޓު ދޭން ބޭނުންނަމަ، މި ސަރުކާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދެވޭނެ ކަން އަންގައި ދިނުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
23 ފެބްރުއަރީ 2017 | ބުރާސްފަތި 12:55
OLHUVAALUN
Kanda ehlgigen raees yaamin buni bas thiothy olhuvaalaafa. Mi comment jahaalan kereyne baaa