Advertisement
ކ. މާލެ
|
31 މާރޗް 2019 | އާދީއްތަ 04:59
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އާރތް އަވަރ ފާހަގަ ކުރަނީ
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އާރތް އަވަރ ފާހަގަ ކުރަނީ
ފޭސްބުކް
އާރތް އަވަރ
ރާއްޖޭގައި އާރތް އަވަރ ފާހަގަ ކޮށްފި
މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ''ކަނެކްޓް އާރތް''

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އާރތް އަވަރ ފާހަގަ ކޮށްފިއެވެ.

އެގޮތުން މާލެ އާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކެއްގައި ވަނީ ކޮންމެހެން ބޭނުން ކުރަންޖެހޭ ބޮކިތައް ފިޔަވައި، އެހެން ބޮކިތައް ނިންވާލާފައެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، އާންމުން ހޭލުންތެރި ކުރުވުމަށް "ދުނިޔެއަށްޓަކާ އެއް ގަޑިއިރު" ފާހަގަ ކުރުމަށް އެ ހަރަކާތް ކުރިއަށް ގެންދިޔައީ ހޮނިހިރު ދުވަހުގެ ރޭ 8:30 އިން 9:30އަށެވެ.

އާރތް އަވަރ މޯލްޑިވްސް އިން ބުނީ، ދުނިޔެއަށް، އެއް ގަނޑިއިރު ފާހަގަ ކުރަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް މައުލޫމާތު ފޯރުކޮށްދިނުމާ އެކު އެކަމުގައި ރައްޔިތުން ބައިވެރި ކުރުވުމަށް ކަމަށެވެ.

މިއަހަރުގެ އާރތު އަވަރ ފާހަގަ ކުރުމުގައި ރާއްޖޭގެ ހުރިހާ ސުކޫލަތާއި ބެލެނިވެރިންނާއި، ރިސޯޓްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކުން ވެސް ވަނީ ބައިވެރި ވެފައެވެ.

ތިމާވެއްޓާއި ބެހޭ މިނިސްޓްރީއާއި، އާރތް އަވަރ މޯލްޑިވްސްއާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އާރތް އަވަރ ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ވަނީ "ކްލައިމެޓް މާރޗް" އެއްވެސް ބާއްވަފައެވެ.

މީގެ އިތުރުން މި ދުވަހާއި ގުޅުވައިގެން މި ދުވަސް ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ އާޓިސްޓުން ބޭނުންކޮށްގެން މޫސުމަށް ހޭލުންތެރި ކުރުވުމާއި ގުޅޭގޮތުން މާލޭގައި ވަނީ ކުރެމުހުގެ ހަރަކާތެއް ބާއްވާފައެވެ.

އަދި ބުރާސްފަތި ދުވަހުގެ ސްކޫލްތަކުގެ އެސެމްބްލީވެސް ވަނީ "އާރތް އަވަރ" އަށް ޚާއްސަކޮށްފައެވެ.

މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ކަނެކްޓް އާރތު"އެވެ.

އާރތު އަވަރ ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ އެންމެފަހު ހޮނިހިރު ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް