Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 23:35
އެމްޔޫއޯގެ ޕްރެސްއެއްގައި މަލީހް ވާހަކަ ދައްކަވަނީ: އިލެކްޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
އެމްޔޫއޯގެ ޕްރެސްއެއްގައި މަލީހް ވާހަކަ ދައްކަވަނީ: އިލެކްޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
މުހައްމަދު ޝަރުހާން
އިލެކްޝަންސްއަށް ފާޑު ކިޔުން
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
ޕީޕީއެމަށް ތައްޔާރު ނުވެވުމަކީ އިންތިޚާބު ފަސްކުރަން ޖެހޭނެ އުޒުރެއް ނޫން
ޕީޕީއެމަށް މީހުން ވެއްދުމުގެ މަސައްކަތް ކުރެވެމުން މިދަނީ ސިޔާސީ ޕާޓީ ހިންގުމަށްދޭ ފައިސާއިން ބޮޑު އަދަދެއް ނެންގެވުމަށްޓަކައި

ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބު އަންނައިރު މިހާރު އިލެކްޝަންސް ކޮމިޝަނގެ ރައީސަކަށް ހުންނެވި އަހުމަދު ސުލައިމާނު އެމަޤާމަކު ނުހުންނާނެ ކަމަށް އިދިކޮޅު އިއްތިހާދު މޯލްޑިވިއަން ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހިޔަނި ކެބިނެޓް ވަޒީރު މަލީހު ޖަމާލް ވިދާޅުވެއްޖެވެ.

ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހް ވިދާޅުވީ ޤާނޫން އަސާސީން ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާއިރު ސަރުކާރުގެ އެކި އެކި މިނިސްޓްރީ ތަކާއި މުއައްސަސާތަކުން އިދިކޮޅު ފަރާތްތަކަށް އެއްވެސް ކަހަލަ ސިޔާސީ ހަރަކާތެއް ހިންގަން ޖާގަ ނުދޭތަން ފެނިގެންދާކަމަށެވެ.

މަލީހު ވިދާޅުވީ އެކަން އެހެން ކުރާ ސަބަބު ބަޔާން ކުރައްވަމުން މަލީހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރީ ޕީޕީއެމަށް ތައްޔާރު ނުވެވޭކަމަށް ބުނެ ކަމަށާއި ޕީޕީއެމަށް ތައްޔާރު ނުވެވުމަކީ އިންތިޚާބު ފަސްކުރަން ޖެހޭނެ އުޒުރެއް ނޫން ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް އެކިއެކި ދުއްތުރާތައް ސަރުކާރުން ކުރަމުންދާކަން ފާހަގަ ކުރައްވަމުން މަލީހު ވިދާޅުވީ ޓެކްސް ނުވަތަ ޖިޒީ ދައްކަނީ ދިވެހި ރައްޔިތުން ކަމަށާއި ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ފައިސާ ދޭން ޖެހޭނެ ކަމަށް ޤާނޫން އަސާސީގައި ބުނާ ކަމަށެވެ. އެކަމަކު ދައުލަތުން ދޭން ޖެހޭ ފައިސާ މިދިޔަ އަހަރުވެސް ހިފަހައްޓާފައިވަނީ ޕީޕީއެމްގެ ކަންތައްތައް ވަކިގޮތަކަށް ނިމެންދެން ކަމަށް މަލީހު ވިދާޅުވިއެވެ.

"ފެނިގެން ދިޔައީ ޕީޕީއެމްގެ ކަންތައްތައް ވަކިގޮތަކަށް ނިމެންދެން ބަޖެޓް ނުދީ ހިފެހެއްޓިތަން. ދެން ފެނިގެން މިދަނީ ޕީޕީއެމަށް މީހުން ވެއްދުމުގެ މަސައްކަތް ކުރެވެމުން މިދަނީ އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި ކަނޑައެޅިގެން ދިވެހި ރައްޔިތުން ސިޔާސީ ޕާޓީ ހިންގުމަށްދޭ ފައިސާއިން ބޮޑު އަދަދެއް ނެންގެވުމަށްޓަކައި ކުރައްވާ މަސައްކަތެއް" މަލީހު ވިދާޅުވިއެވެ.

މަލީހު  ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ ކަންތައްތަކުގައިވެސް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ  ވޯޓުލާ ފަރާތްތަކަށް ޖެއްސުން ކުރަމުން ކަމަށާއި ރީރަޖިސްތްރީ ކުރުމާއި އިންތިޚާބު ފަސްކުރުމަކީ މިނިވަން އިންސާފްވެރި އިންތިޚާބަކުން ރައްޔިތުން މަހްރޫމް ކުރުމަށް ކުރާ ކަމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2018 ގެ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް މިއިލެކްޝަނެއް ނޯންނާނެ. މިހާރު ރައީސަކަށް ހުންނެވި ސުލައިމާނެއް އެމަޤާމަކު ނުހުންނަވާނެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތައް މެދުވެރިކޮށް އެކަމަށް މަސައްކަތް ކުރާނަން" މަލީހު ވިދާޅުވިއެވެ.   

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް