ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 18:18
ސަލްމާން ޚާން އާއި ސަރޯޖް ޚާން
ސަލްމާން ޚާން އާއި ސަރޯޖް ޚާން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސަލްމާން ޚާންގެ ފިލްމްތަކުގައި މަސައްކަތް ކުރުމަށް ސަރޯޖް އަށް ފުރުސަތު ދެނީ
ސަލްމާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސަރޯޖްއާ ބައްދަލުކޮށްފައި

ބޮލީވުޑް އެކްޓަރ ސަލްމާން ޚާނާއި ކޮރިއޯގްރާފަރ ސަރޯޖް ޚާން އެކުގައި ފިލްމްތަކުގައި ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ބީވީ ހޯތޯ އެއިސީ" (1988) އަދި "އަންދާޒް އަޕްނަ އަޕްނާ" (1994) ހިމެނެއެވެ.

"މިޑް ޑޭ" ގައި ރިޕޯޓްކޮށްފައިވާ ގޮތުން ސަރޯޖްއަށް އެއްވެސް މަސައްކަތެއް ނުދޭތީ އެކަމާ އޭނާ ޝަކުވާ ކުރުމުން ސަލްމާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާއާ ބައްދަލުކޮށް ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ދޭނެ ކަމަށް ބުނެފައެވެ.

"ސަލްމާން އެހި އަހަރެން މިދުވަސްވަރު ކުރަމުންދަނީ ކޮން ކަމެއްތޯ. އަހަރެން ބުނިން އެއްވެސް މަސައްކަތެއް (ފިލްމެއްގައި) ނުކުރަމޭ. ޒުވާން އެކްޓްރެސްއިންނަށް އިންޑިއަން ކްލާސިކަލް ޑާންސް ދަސްކޮށްދެމޭ. އެވާހަކަ އަޑުއަހާފައި ސަލްމާން ބުނި އޭނާއާ އެކު އޭ ދެން މަސައްކަތް ކުރާނީ،" ސަރޯޖް ބުންޏެވެ.

ސަރޯޖް ބުނެފައި ވަނީ ސަލްމާނަކީ ބުނާ ބަހުގައި ހިފަހައްޓާ މީހެއް ކަމަށާއި އޭނާ އެވީ ވައުދު ފުއްދާނެ ކަމަށެވެ.

ހަތަރު އަހަރުގެ މެދުކެނަޑުކަމަށް ފަހު ސަރޯޖް ވަނީ "ކަލަންކް"ގައި މާދުރީ ނަށާފައިވާ ލަވައެއްގެ މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް