Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 21:24
މިއަދު އެމްޑީޕީން އިލެކްޝަން ކޮމިޝަނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން
މިއަދު އެމްޑީޕީން އިލެކްޝަން ކޮމިޝަނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އިލެކްޝަން ކޮމިޝަން
ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް
ލަފާދޭ ކޮމެޓީގެ ބައްދަލުވުން ނުބާއްވާތީ މަޝްވަރާކުރެވުނު
ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނުލިބޭތީ މަޝްވަރާކުރި

ވެރިކަން ކުރާ ޕީޕީއެމުން ވަޒީފާއަށް ބިރުދައްކައިގެން އެޕާޓީއަށް މެމްބަރުން ވައްދާތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީން އިލެކްޝަން ކޮމިޝަނުނާ ހިއްސާކޮށްފިއެވެ.

ބުދަ ދުވަހު ހެނދުނު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވަޑައިގެންފައި ވަނީ އެޕާޓީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު އެވެ. އިލެކްޝަން ކޮމިޝަންގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ މެންބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަލީ ނިޔާޒު ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ތިން ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ވަޒީފާގެ ބިރުދައްކައިގެން ޕާޓީއަށް ވައްދާ މައްސަލައާއި، ލޯކަލް ކައުންސިން އިންތިހާބުގެ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ފަހަކަށް އައިސް ނުބާއްވާ މައްސަލައިގެ އިތުރުން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އެޕާޓީއަށް ނުލިބޭތީ، އެކަމާ ވެސް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތަށް ގަވައިދުން ބާއްވަމުން ދިޔުމަށް ފަހު މިހާރު އެ ބައްދަލުވުންތަށް ނުބާއްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެބައްދަލުވުންތަށް މިހާރު ނުބާއްވާނީ ކޮމެޓީން ނިންމާ ނިންމުންތަށް އެމްޑީޕީން މީޑިއާއި ހާމަކުރާތީތޯ އިލެކްޝަން ކޮމިޝަނާއި ސުވާލުކުރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސުލްހަވެރި ސިޔާސީ ހަރަކާތައް ބޭއްވުމަށް ހާއްސަކޮށް އެމްޑީޕީއަށް ޖަލްސާއެއް ބޭއްވުމަށް އެއްވެސް ތަނެން ނުލިބޭތީ އެކަމާ މަޝްވަރާ ކުރެވުނުކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މިކަންކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ކަމާއި ބެހޭ މުވައްސަސާތަކާއި ވާހަކަ ދައްކުމަށްފަހު މިކަންކަން އެ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނެއުމަށްފަހު ހައްލުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް