ކ. މާލެ
|
29 މާރޗް 2019 | ހުކުރު 23:19
ޖެކީ ޗަން އާއި ސޯނޫ ސޫދް
ޖެކީ ޗަން އާއި ސޯނޫ ސޫދް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސޯނޫ ސޫދު އަށް ޖެކީ ޗަން ކެއުމެއް ދީފި
ސޯނޫ ވަނީ  ދުވަސް ތަކަކަށް ފަހު ދިމާވުމުން އުފާވާ ކަމަށް ބުނެފައި

އޭޝިއަން ސިނަމާ އައިކަން ޖެކީ ޗަން, ބޮލީވުޑް އެކްޓަރ ސޯނޫ ސޫދު އަށް ރޭގަނޑުގެ ކެއުމެއް ދީފިއެވެ.

މި ކެއުމުގައި އެމީހުން ވަނީ ފިލްމް "ކުންގް ފޫ ޔޯގާ" ގެ ދެވަނަ އިންސްޓޯލްމަންޓާއި ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. ސޯނޫ އާއި ޗަން ވަނީ 2017 ވަނަ އަހަރު ރިލީޒް ކުރި ސްޓޭންލީ ޓޮންގް ގެ އެކްޝަން ކޮމެޑީ ފިލްމް "ކުންގް ފޫ ޔޯގާ" ގައި އެކުގައި ފެނިގެން ގޮސްފައެވެ.

ޗަން އާއި  ޓޮންގް މިވަގުތު ދަނީ ދުބާއީ ގައި "ވޭންގާޑް" ޝޫޓް ކުރަމުންނެވެ. މި ކެއުމަކީ މި ދެމީހުނަށް ސޯނޫ ވެސް އެ ސިޓީގައި ހުރިކަން އެނގުމުން  މި ދެމީހުން ވަނީ  ސޯނޫ އަށް ދޭން ރޭވި ކެއުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

" މި ކެއުން ވަރަށް ޚާއްސަ. އެންމެން ވެސް ތިބީ ޖަޒުބާތީ ވެފައި." ސޯނޫ ވަނީ ބުނެފައެވެ.

ސޯނޫ ވަނީ ޗަން އާއި އެކު ނަގާފައިވާ  ފޮޓޯއެއް އެނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.އެ ފޮޓޯގެ ކެޕްޝަންގައި ސޯނޫ ވަނީ  ދުވަސް ތަކަކަށް ފަހު ދިމާވުމުން އުފާވާ ކަމަށް ބުނެފައެވެ. އަދި ޗަން އަދި ޓޮންގް އަށް  ސޯނޫ ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން "ކުންގް ފުން ޔޯގާ 2" ގެ ހުރިހާ ކަމެއް ސެޓް ވެފައިވާ ކަމަށް ވެސް ސޯނޫ ވަނީ ބުނެފައެވެ.

މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ޗަން ގެ އާއިލާ އާއި ސޯނޫ އާއި ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އަދި ސޯނޫ ދުބާއީގައި ހުރިކަން އެނގުމުން ޝޫޓިންތައް އަވަހަށް ނިންމާލުމަށްފަހު އިޓާލިއަން ރެސްޓޯރެންޓެއްގައި ސޯނޫ އަށް ޚާއްސަ ޑިނާއެއް ތައްޔާރު ކުރީ ކަމަށް މަސްދަރުން ވަނީ ބުނެފައެވެ.

"އެމީހުން ވަނީ ކުންގް ފޫ ޔޯގާ 2 އާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި. "ވޭންގާރޑް" ގެ މަސައްކަތައް ނިމުމުން ޖެކީ އާއި ސޯނޫ އަނެއްކާވެސް އެކުގައި މި ސީކުއެލްގެ މަސައްކަތް ފަށާނެ" މަސްދަރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް