ކ. މާލެ
|
29 މާރޗް 2019 | ހުކުރު 18:55
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
މަލައިކާ ރާއްޖެގައި، ފޮޓޯއަށް ކޮމެންޓް ނުކޮށް އަރުޖުންއަށް ނުހުރެވުނު
އަރުޖުންގެ ކޮމެންޓް ގައި ވަނީ "ހޫމް"

ބޮލީވުޑްގެ އެކްޓަރ، މޮޑެލް އަދި ރިއަލިޓީ ޓީވީ ޖަޖް މަލައިކާ އަރޯރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

މަލައިކާ ވަނީ ނިޔާމަ ޕްރައިވެޓް އައިލެންޑްގައި ބޯޗްގައި އޭނާ އެކަނި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފޮޓޯގެ ކެޕްޝަންގައި "ވެން ޓައިމް ސްޓޭންޑް ސްޓިލް" ލިޔެފައި ވެއެވެ. މި ފޮޓޯއަށް މަލައިކާގެ ގިނަ ފެނުން ކޮމެންޓް ކޮށްފައިވާއިރު އެންމެ ލޮލުގައި އަޅައިގަތީ އަރުޖުން ކަޕޫރު ކޮށްފައިވާ ކޮމެންޓެވެ. އަރުޖުންގެ ކޮމެންޓް ގައި ވަނީ "ހޫމް" އެވެ.

މީގެ އިތުރުންވެސް ރިސޯޓްގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ފޮޓޯތައް ވަނީ އޭނާގެ އިންސްޓަގްރމް ސްޓޯރީއަށް ލާފައެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ އެޕްރީލް މަހު މަލައިކާ އާއި އަރުޖުން ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެކަން އަރުޖުންގެ ބައްޕަ ބޮނީ ކަޕޫރު ވަނީ ދޮގުކޮށްފައެވެ.މަލައިކާ މީގެ ކުރިން ވަނީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން އާއި ކައިވެނި ކޮށްފައވެ. 18 އަހަރުވީ މި ކައިވެނި ރޫޅިފައިވަނީ 2016 ވަނަ އަހަރުއެވެ. މި ކައިވެންޏަށް މިދެތަރިންނަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް